ކީރިތި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން، މި އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި 11 މީހަކަށް ރައީސްގެ ހާއްސަ މެޑަލް ދެއްވި އެވެ.
އެ ހުރިހާ ހާފިޒުންނަށް މެޑަލް ދެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކީރިތި ގުރުއާން ހިތުދަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 11 ޙާފިޡުންނަކީ:
1. އަލްޙާފިޡާ ޙައްވާ އަނީސާ މާލެ ދަފްތަރު ނަންބަރު ރސ 13802
2. އަލްޙާފިޡް ސަލްމާން މުޙައްމަދު ލަޠީފް ފެހިގެ ދ. މީދޫ
3. އަލްޙާފިޡް މުޙައްމަދު ނާހިލް އަޒްމީލް ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ
4. އަލްޙާފިޡާ ލަޠީފާ މުޙައްމަދު ގޯލްޑަން ފްލާވަރ ސ. ހިތަދޫ
5. އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު މަލާޒް ގދ. ތިނަދޫ
6. އަލްޙާފިޡާ ޢާޠިފާ ޢަބްދުލްބާރީ މާލެ ދަފްތަރު ނަންބަރު ރސ 12572
7. އަލްޙާފިޡް މުޙައްމަދު މިތްޔާޙް ސަލްމާން ހެވަންލީޑް ގދ. ތިނަދޫ
8. އަލްޙާފިޡް މުޙައްމަދު އަޝްހަމް ޢަލީ މއ. އަރިވަރު
9. އަލްޙާފިޡާ ޢާއިޝަތު ޠޫލާ އަންވަރު ހުވާސް ށ. މިލަންދޫ
10. އަލްޙާފިޡް ލައިލް ޙުސައިން ޙަމީދު އަލިވާގެ ދ. ކުޑަހުވަދޫ
11. އަލްޙާފިޡާ ޢާއިޝަތު ޝުބާ ޝާހް ތިމާވެހި ގދ. ތިނަދޫ
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.