ޝުކުރު އަލްޙަމްދުލިﷲ! 2 ލަނޑުން ދިވެހި ޓީމް މެޗްކާމިޔާބުކޮށް ސަޕޯޓަރުން ހެއްވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޝުކުރު އަލްޙަމްދުލިﷲ! 2 ލަނޑުން ދިވެހި ޓީމް މެޗްކާމިޔާބުކޮށް ސަޕޯޓަރުން ހެއްވާލައިފި

ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބުކުރަން ދިވެހި ޓީމަށް މަޖުބޫރުވެފައިވާ މިރޭގެ މެޗް 0-2 ގެ ލީޑަކުން ރާއްޖޭގެ ޤައުމީ ޓީމް މިރޭގެ މެޗް ކާމިޔާބުކޮށްފިއެވެ. 

ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު، އަދި މުބާރާތުގައި ދިވެހި ޓީމުން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 54 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭގަ ހުރެ ފޮނުވާލި އޯވަހެޑަކުންހަމްޒާ މިލަނޑު ކާމިޔާބުކުރުމުން ދިވެހި ސަޕޯޓަރުން އުފަލުން އުތުުރި އަރައިގަތެވެ. 

ދެވަނަ ލަނޑު ކާމިޔާބުކުރެވުނީ ބަންގްލަދޭޝް ޓީމަށް އޮބިނޯވެގެން ކުރަމުންދިއަ ކުށްތަކުގެ ތެރެއިން ލިބުނު ޕެނަލްޓީއަ

މި ގޯލަށްފަހު ވެސް ރާއްޖެއިން ދިޔައީ ބަންގްލަދޭޝްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނެޓްގައި ރާއްޖެ އަށް ލިބުނު ޕެނަލްޓީއެއް އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރުމުންނެވެ.  

ޕެނަލްޓީ ލިބުނީ ބންގްލަދޭޝް ކުޅުންތެރިއަކު ހަސަން ނާއިޒު (ދާދު) އަށް ދިން ހަމަލާޢަކާއި ގުޅިގެންނެވެ.

މިއަދު އޮންލައިން