ގަދަބަސް ބުނަމުން އައި ބަންގްލަދޭޝް ކޯޗް، ޓީމް ބަލިވުމުން ކުށްވެރިކުރީ ނަޞީބެވެ. ނަމަވެސް މިއީ ދެކޮޅުޖެހޭ ވާހަކައެއް ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މިރޭގެ މެޗްގައި ބަންގްލަދޭޝް އަށް ރަނގަޅުކުލުމެއް ދެއްކިފައެވެ ނުވެއެވެ. ރާއްޖޭގެ ގޯލަށް ނުރައްކާ ކުރެވުނުކަމަށް ބުނެވޭ ވަރާ ގާތަކަށްވެސް ނުރައްކާ ކުރެވިފައެއް ނުވެއެވެ.
ދިވެހި ސަޕޯޓަރުން ކޯޗަށް ބުނާއަޑު އިވިގެންދިއައީ "ކޯޗް ދިވެހި ޓީމުގެ މޫނަށް ބަލާނެކަމެއް ނެތެވެ. ފައިދާކުރާނީ އަމިއްލަ ޓީމުގެ ކުޅުމަށް ބެލުމުންނެވެ.
މިބުރުގައި ރާއްޖެއިން ދެން ބައްދަލުކުރާނީ މިހާރު މުބާރާތުން ކަޓާފައިވާ ސްރީ ލަންކާ އާއިއެވެ. ސްރީލަންކާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ވާދަވެރި އެއް ޓީމެވެ. ވީމާ ދިވެހި ޓީމަށް ކުލެން ޖެހޭނީ ވަރަށް ހިތްވަރާއިއެކުގައެވެ.