ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ފަސޭހަކަމާއެކު ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އުރީދޫ އާއި މީޑިއާނެޓް ޕާޓްނަރުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 26ސ
ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ފަސޭހަކަމާއެކު ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އުރީދޫ އާއި މީޑިއާނެޓް ޕާޓްނަރުވެއްޖެ!

އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޭބަލް ޓެލެވިޝަން ޙިދުމަތްދޭ ކުންފުނިކަމުގައިވާ މީޑިއާނެޓް އާއި ޕާރޓްނަރވެއްޖެއެވެ.

މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމް އެސް އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު ހިމަނަފައެވެ. މި ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަން ގެ އިތުރުން މެޗުތައް ބަލާލުމަށް 20ޖީބީ ޑޭޓާވެސް ލިބިގެންދާނެއެވެ. 30 ދުވަހުގެ މުއްދަތަށް ބެނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް އެމް އެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000، އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓޕެއިޑް 1499 އަދި 1999 ޕެކޭޖް ގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް  އަލަށް ނަންގަވާ ކަސްޓަމަރުންނަށް، އެމް އެސް އެޕް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބިގެންދާނެއެވެ.

"ސާފް ޗެމްޕިއަންޝިޕްއަކީ އަބަދުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް. އެންމެން އެކު އެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯރޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެވެސ އުއްމީދު. އެހެންކަމުން މުބާރަތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗްތައް ލައިވްކޮށް ކޮންމެތާކުތިއްބަވައިގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން. މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއިއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިއްބަވައިގެންވެސް ބައްލަވާލެވޭނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް.

"މީޑިއާނެޓް އިން އަބަދުވެސް މަސައްކަތްކުރަމުންމިދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބަލާލުމުގެ މަގުފަހިކޮށްދިނުމަށް. އެގޮތުން އުރީދޫ މޯލްޑިވްސް ގެ މި ޕަރޓްނަރޝިޕް ގެ ދަށުން ގިން ފަރާތްތަކަކަށް މީޑިއާނެޓް މެދުވެރިކޮށް ބައްލަވާލެވޭ ހުރިހާ ޓީވީ ޗެނަލްތަކަކާއި ފަހުގެ ފިލްމްތަކާއި ސީރީޒްތައް އެމް އެސް އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ. ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އީޕީއެލް އަދި ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެ. މީގެ އިތުރުން ހަމައެކަނި އެމްއެސް އެޕް މެދުވެރިކޮށް ބަލާލެވޭ މީޑިއާނެޓް ގެ އުފެއްދުންނތައްވެސް ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ބަލާލެވޭނެ." މީޑިއާނެޓްގެ  ހެޑް އޮފް މަލްޓި ސްކްރީން، ތާއިމް އަބަދުއްލާ ރަޝީދު.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށްވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ. އާއިލާ އާއި ރައްޓެހިންނާއި އެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިންވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލާލެވޭނެއެވެ.

އުރީދޫ ފްލިކްސް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް ހޯދާލުމަށް http://ore.do/app އަށް ޒިޔާރަތްކޮށްލައްވާށެވެ. އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/saff އަށް ޒިޔާރަތްކޮށްލައްވާށެވެ.

މިއަދު އޮންލައިން