މާފަންނު ހަނދުވަރީ ހިނގުމުގެ ގޯޅިއެއްގައި ޕާކުކޮށްފައި ހުރި ހުރިހާ ސައިކަލްތަކަށް ތަޅުދަނޑިއެއް ޖަހައިގެން ތަޅުހުޅުވަން މީހަކު މަސައްކަތްކޮށްފިއެވެ.
ރޭފަތިހު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހުރިހާ ސައިކަލްތަކަށް ތަޅުދަނޑިހަރަމުން ދަނިކޮށް އެއްައިކަލުގެ މަޑި ހުޅުވުނެވެ. މަޑި ހުޅުވުމުން އޭނާ ދެއަތް މައްޗަށް ނަގައި އުފާ ފައުޅުކުރިއެވެ.
މަންޒަރުބަލަން ބެލްކަނީގައި ހުރި މީހަކު އެވަގުތު އެތަނަށް އައިސް ވަނީ އޭނާއަށް ނަޞޭޙަތްދީ އެސަރަހައްދުން އިތުރަށް ނުފެނުމަށްވެސް އަންގައިފައެވެ.
ސައިކަލް ވަގަށް ނެގުމުގެ މައްސަލަތައް ގިނަވަމުން އަންނައިރު އެބައަކު އަމިއްލައަށް ފާރަވެރިވެ ބެލެހެއްޓުން އިތުރުކުރުމުގެ މުހންމުކަން ފާހަގަކުރެވެއެވެ.