އައިޖީއެމްއެޗް ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 43ސ
އައިޖީއެމްއެޗް ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

އަޖިއެމްއެޗް ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި އައި ސަކަލަކުން މަގުހުރަސްކުރި މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތަލެއް ލިބިއްޖެއެވެ. 

އޭނާގެ ދެއަތް ފުންކޮށް މަށައިގެން ގޮސްފައިވާއިރު ދެފައިވެސް ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. "އަޅުގަނޑު މަގުމެދަށް ވެއްޓިފަ އޮއްވާ މީހުންގެ އެހީތެރިކަމާއެކު ގޮނޑިއަކަށް ލައިގެން ހޮސްޕިޓަލަށް ވެއްދީ." ކަމަށް އޭނާ ބުނެއެވެ. 

މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓްވުމުން ކުރިއަށްވުރެ ބާރަށް ދުއްވައިލިތަނާ މަގުމަތީގައި އޮތް ގައުބުރިއެއްގައި ޖެހިފައި ސައިކަލް ފުންމައިގެންވެސް ދިއަ ކަމަށެވެ. އެއިރު މަންޒަރު ބަލަން ފުލުހުންގެ 2 ބޭކަލަކު ތިބިކަމަށާއި ނަމަވެސް އެމީހުން ހުއްޓުވަން އެވަގުތު މަސައްކަތް ނުކުރާ ކަމަށެވެ. 

މިއެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއެހައިކަންހާއިރު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން