މީގެ 3 އަހަރުކުރިން ވެފައިވާ ވިސާ އެއްބަސްވުމަށް އިންޑިއާއިން ޢަމަލުކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މީގެ 3 އަހަރުކުރިން ވެފައިވާ ވިސާ އެއްބަސްވުމަށް އިންޑިއާއިން ޢަމަލުކުރަން ފަށައިފި

މީގެ 3 އަހަރުކުރިން (ޑިސެމްބަރު 2018ގަ) އިންޑިއާ އާއި ރާއްޖެއިން ވެފައިވާ ވިސާ އެއްބަސްވުމަށް އިންޑިއާއިން ޢަމަލުކުރަން ފަށައިފި އެވެ. 

އެ އެއްބަސްވުމުގައިވާ ގޮތުން ބޭސްފަރުވާ އަށާއި ވިޔަފާރީގެ ކަންކަމުގައި އަދި ޗުއްޓީ ހޭދަކުރަން ދެ ޤައުމުގެ ރައްޔިތުންނަށް އަނެއް ޤައުމަށް ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނެއެވެ. މި އެއްބަސްވުމަށް ރާއްޖެއިން އަބަދުވެސް އައީ ޢަމަލުކުރަމުންނަނަމަމަވެސް އިންޑިއާ އމްބަސީން ބުނެފައިވަނީ މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. 

އެމްބަސީން ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ވިސާގެ ކަންކަން މަޑުޖައްސާލުމަށްފަހު މިފަދަ އިނާޔަތެއް ދިން ޤައުމަކީ ރާއްޖެ ކަމަށެވެ. ވިސާ އެއްބަސްވުމަސްބަލާއިރު އެއީ 2018 ގައި ވެފައިވާ އެއްބަސްވުމެކެވެ. އިންޑިއާއިން ފިޔަވަޅު އެޅީ 2020 ގެ މާރިޗްމަހުގައެވެ. އަދި ރާއްޖެއިން އަބަދުވެސް ދަނީ އިންޑިއާ ރައްޔިތުން ރާއްޖެ އައުމަށް ފްރީވިސާ ދެމުންނެވެ. 

https://twitter.com/HCIMaldives/status/1447144836553793547

މިއަދު އޮންލައިން