ރާއްޖެ އެންމެ ކުރިއަށް- އިންޑިއާ އާއެކު ކުޅޭ މެޗުންވެސް އަދި ފައިނަލުންވެސް ރާއްޖެ މޮޅުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖެ އެންމެ ކުރިއަށް- އިންޑިއާ އާއެކު ކުޅޭ މެޗުންވެސް އަދި ފައިނަލުންވެސް ރާއްޖެ މޮޅުވާނެ! އިން ޝާ ﷲ

މިރޭގެ މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އިންޑިއާއެވެ. ދެން އޮތީ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗެވެ. އެ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ. މެޗުން ބަލިވެއްޖެނަމަ ޜާއްޖެ ކަޓާނެއެވެ. ނަމަވެސް މޮޅިވިޔަސް އަދި އެއްވަރުވިޔަސް ފައިނަލަށްދާނީ ރާއްޖެއެވެ. 

މެޗްގެ ސްކޯރ އެއްވަރުކުރަން ރާއްޖެއިން ހިފައިފިނަމަ ނުރައްކާ އޮތީ ރާއްޖެއަށެވެ. އެއީ އެކަމުގެ އެޑްވާންޓޭޖްނަގައި އިންޑިއާ މޮޅުވެއްޖެނަމަ މުބާރާތުން ރާއްޖެ ކަޓާނެތީއެވެ. އެއީ ދިވެހި ސަޕޯޓަރުން ބޭނުންވާނެ ގޮތެއް ނޫނެވެ. 

ތަޖުރިބާކާރު ކޯޗުން ބުނަނީ މެޗް ޑްރޯކުރަން ކުޅުމަކީ ހުރިހާ ގޮތަކުންވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ވީމާ އިންޑިއާވީތީ ބަލިނުކުރަން ހިފައިފިނަމަ އެއީ ދެރައަކަށްވާނެ ކަމަށެވެ. 

ކޮންމެއަކަސް ރާއްޖެއަށް މިވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެއީ މޮޅުވާން މަސައްކަތްކުރުމުން އެއްވަރުވީނަމަވެސް ރާއްޖެ ފައިނަލަށްދާނެތީއެވެ. 

ކުޅުންތެރިން ތިބީ ވަރުގަދަ ހިތްވަރެއްގައެވެ. ސަޕޯޓަރުން ތިބީ ފޯރީގައެވެ. އަޅުގަނޑުމެން އެންމެގެ ދުޢާވަނީ ރާއްޖޭގެ ޓީމާއެކުގައެވެ. އިންޑިއާ އާއެކު ކުޅޭ މެޗުންވެސް އަދި ފައިނަލުންވެސް ރާއްޖެ މޮޅުވާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން