ރާއްޖޭގެ ޤައުމީ ޓީމް ހިތްވަރާއިއެކު ކުޅެމުންދަނިކޮށް، އެނެމްނެގެ ދުޢާއަށް އެދެމުން ދަނިކޮށް އެކަމުން ސިޔާސީ ފައިދާއެއް ނެގުމުގެ ބޭނުމުގައި ނާޗަރަންގީއަކަށް ބަދަލުކުރުމުން އެކަމާއި ނުރުހޭކަން ޓީމުގެ ބައެއް ކުޅުންތެރިންވެސް ވަޒީރަށް މެސެޖްކޮށްފިއެވެ.
އެކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ތިއަކުރަން އުޅޭ ބޭކާރު ކަންކަމުގެ ސަބަބުން ޓީމަށް ހެޔޮކޮށްދިން އެތައް ބައަކު ހުއްޓުން އަރައިފި" ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންވެސް ތިއަ ކަމެއް ބޭނުން ނޫންކަން މަނިކުފާނަށް މެސެޖްކުރިކަމަށްވާކަމަށެވެ.
ޓީމް ކިތަންމެ ވަރަކަށް ހިތްވަރު ކުރެއްވެވިނަމަވެސް ކާމިޔާބު ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ފާހަގަކޮށް ޓީމަށް ހެޔޮ ދުޢާކޮށދިނުމަށް ޓީމުންގެންދަނީ އެދެމުންނެވެ. އެކަން ޤަބޫލުނުކުރެވިގެން އުޅެނީ ކުޅިވަރާއިބެހޭ ވަޒީރަށެވެ.
Thiyakahala beykaaru kanthakuge sababun Team ah heyo Dhuaa koh dhin ethah bayaku huttun araifi @AhmedMahloof. Team ge kulhuntherin ves thiya kameh beynun noon kan manikfaanah msg kuri kamah vey.
— Dr.Mohamed Iyaz (@dr_iyaz) October 13, 2021