ގަލޮޅުދަނޑުގަ މިހާރު ކުޅެމުންދާ އުރީދޫ ސާފްޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާ އިންޑިއާ ބައްދަލުކުރާ މެޗްގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖެހީ އިންޑިއާއިންނެވެ. ނަމަވެސް ދާދިކުޑަވަގުތުކޮޅެއްގެ ތެރޭގައި ފަހަތުން އަރައި ދިވެހި ޤައުމީ ޓީމް ވަނީ ލަނޑު ޖަހައިފައެވެ.
އެލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ޢަލީ އަޝްފާޤެވެ.
މިހާރުވަނީ ދެވަނަ ހާފްގެ ކުޅުން ފަށައިފައެވެ.