ކުޅިވަރާ ބެހޭ ވަޒީރު އިއުލާނުކުރެއްވި ނާޗަރަންގީ ދިވެހި ޤައުމު ރޮއްވާލައިފިއެވެ. މިރޭގެ މެޗްގައި ރާއްޖޭގެ މައްޗަށް އިންޑިއާ ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މިއީ ދިވެހި ސަޕޯޓަރުން އުންމީދުކުރި ނަތީޖާއެއް ނޫނެވެ.
"މާދަމާ ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަ. މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް."
ފާޑުކީދާނެއެވެ. ދިވެހި ޓީމް ފޯރީގައި ހިތްވަރާއިއެކު ކުޅުނުތަން ބެލުންތެރިންނަށް ފެނުނެވެ. ވީމާ އެއީ ބަހުސްކުރެވެން އޮތް ކަމެއް ނޫނެވެ. މެޗްގެ ފުރަތަމަ ހާފަގައި މެޗްގެ ފުރަތަމަ ލަނޑު އިންޑިއާއިން ޖެހި ނަމަވެސް ލިބުނު ޕެނެލްޓީއެއް ވައްދާލައިގެން ރާއްޖޭގެ ޓީމް އަރާ ހަމަކުރިއެވެ. އަދި ފުރަތަމަ ހާފްގެ ކުރީކޮޅު ދިވެހި ޓީމް ލީޑުކުރަމުން އައިތަންވެސް ފެނުނެވެ.
އިންޑިއާއަށް ގޮތްހުސްވެގެންދިއައެވެ. ނޫންނަމަ 2 ރަތްކާޑު ލިބޭކަށް ނުޖެހޭނެއެވެ!
މިއީ މިއަދުގެ ސަރުކާރަށް އަގުހުރި ފިލާވަޅެކެވެ. "އިސްލާމް ދީނާދުރަށް- ﷲ އަށް ބުރަކަށި" ފިކުރު ދައްކަން ކޮންމެ ކަމެއްގައި ވެސް އުޅުން ހުއްޓާލަންޖެހޭކަން ސަރުކާރަށް ވިސްނި ކަންކަން އިޞްލާޙްވުމަކީ އުންމީދެވެ. މިއަދުވެސް އަޅުގަނޑުމެން ހާމަކުރީމެވެ. "ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކިޔާ ނަމަކަށް ނޫނެވެ. ކުރާ ކަންތަކަށެވެ."
ސަޕޯޓަރުން ރޮއްވާލައިފިއެވެ. މުޅި ޤައުމު ބޮޑު ހިތާމައަކަށެވެ. ދުޢާއަކީ ކުޅިވަރުގައިވެސް ރާއްޖެއަށް ކާމިޔާބު ލިބުމެވެ.