އޮޅުވެލި ރިޒޯޓު ކައިރިން ލޯންޗެއް އަޑިއަސް ގޮސް 4 އަަހަރުގެ ކުޑަކުއްޖަކު ގެއްލިފައިވާތީ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އެބަ ގެންދެއެވެ.
ލޯންޗުން ދަތުރުކުރިކަމަށްވަނީ 2 ކުޑަކުދިންނާ 12 މީހުންނެވެ. މައުލޫމާތުލިބޭ ގޮތުން ލޯންޗަށް ދިޔަވާންފެށުމުން ބޭރަށް ފުންމައިލީއެވެ. ނަަމަވެސް އެމްއެންޑީއެފުން ބުނަނީ ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދި ޔަޤީން ނުކުރެވޭ ކަމަށެވެ.
މޫސުން މިހާ ގޯސްއިރު ރައްކައުތެރިކަމާއިއެކު ދަތުރުކުރުމަށާ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރަން އެމްއެންޑީއެފުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.