މިއަދު ހަވީރު އޮޅުވެލި ރިޒޯޓް ކައިރިން ލޯންޗަކަށް މެދުވެރިވި ހިތާމަވެރި ހާދިސާގައި މޫދަށް ވެއްޓުނުންދާ މުން ހޯދަމުން ގެންދާ ވ. ފުލިދޫއަށް ނިސްބަތްވާ އުމުރުން 4 އަހަރުގެ ޖައިޝް ޖިނާހް ގެ މަންމަ މ.ގްރީންޕީކް އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ ނިޔާވެއްޖެއެވެ.
ގުރައިދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ މަރުކަޒަށް ގެންދެވުނު އިރުވެސް އޭނާ ނިޔާވެފައިވާކަމަށެވެ.
މައުލޫމާތުލިބޭ ގޮތުން އޭނާ މޫދަށް ވެއްޓިފައިވަނީ ލޯންޗްގެ ސަތަރިގަނޑު ފަޅައިގެންގޮސް ވިއްސާލައިގެންނެވެ.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން