ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުން- ކޮޕް އެވޯޑް ހޯދަން ދިވެހި ކުދިވިޔަފާރިވެރިންގެ ކަރުގަހިފާ ފިތާލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުން- ކޮޕް އެވޯޑް ހޯދަން ދިވެހި ކުދިވިޔަފާރިވެރިންގެ ކަރުގަހިފާ ފިތާލުން

ތަފާތު ތަކެތި އުފައްދާ ފަރާތްތަކުން ހުށްހެޅި ކަންބޮޑުވުންތަކަކާއި ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ގޮސް ޚަބަރުގައި އެވާ ފޮޓޯތައް ދެއްކުމުން ބުނީ އެއީ ސިންގަލް ޔޫސް ޕްލާސްޓިކް ކަމަށެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ބިސްކޯދުތައް ބަންދުކޮށްފައި ހުންނަނީ ވެސް ސިންގަލް ޔޫޒް ޕްލާސްޓިކްގައި ކަމަށްމިނިސްޓްރީން އެއްބަސްވުމުން ދެން އެހެންވީއިރު ރާއްޖޭގައި އުފައްދާ ފާރޮށިކޮޅާ ބަނަސްކޮޅު އަޅާ ކޮތަޅުގެ ޑިޔުޓީ އަތްނުފޯރާ ހިސާބަށް ގޮސްގެން މިއުޅެނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބެއް ނުލިބުނެވެ. 

މިނިސްޓްރީން ބުނީ ރެޑީމޭޑް ގަމީސް ފަދަ ތަކެތި ލާފައި އެހެނުންނަނީ ހަމަ ސިންގަލް ޔޫޒް ޕްލާސްޓިކްކޮތަޅަކަށް ކަމަށެވެ. އެއިން ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ނުލިބޭނެތޯ ސުވާލުކުރުމުން ބުނީ ގެއްލުން ލިބޭނެ ކަމަށެވެ. ބޭރުން ގެންނަ ގަމީސްލާފައި ގެންނަ ކޮތަޅުން ތިމާވެށްޓަށް ގެއްލުން ނުލިބިފައި ގޭގައ އިނދެ ފަހާ ފަޤީރު ދިވެހި މީހާ ފަހާ ހެދުން ވިއްކަން ކޮތަޅަކަށްލީމާ ތިމާވެށްޓަށް ގެއްލުން ލިބޭކަން މިއީ ހަމަ ބޮޑުވެގެންވާ އަރަތެއްކަމަށް ބެލެވެއެވެ. 

ކުދި ވިޔަފާރިވެރިން ރާއްޖޭގައި އުފައްދާ ތަކެތި ބަންދުކުރާ ކޮތަޅާއި ޕާރުސަލްތަށީގެ އަގު 400 500 ގުނައަށް މިހާރުވެސް އުފުލާފައިވާކަމެއްވެސް އެމިނިސްޓްރީއަކަށް ނޭނގެއެވެ. ވިދާޅުވީ ކުދިވިޔަފާރިތަކުގެ އުފެއްދުންތައް ބަންދުކުރާ ސާމާނު ވާނީ ހިމާޔަތްކުރެވިފައެވެ. ހިމާޔަތްކުރެވިފައިވެގެން ކިއްލި ބަންދުކުރާ މީހާއަށް ކުރަނީ ކޮންފައިދާއެއްކަން ބުނެއެއް ނުދެވުނެވެ. 

ކޮޕް 26 ގައި އެވޯޑް ހޯދަން ފާސްކުރި ޤާނޫނު ފާސްކުރިނަމަވެސް ރާއްޖެއިން ބޭރުގައި ސިންގަލްޔޫސް ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ތަކެތި ރާއްޖެއަށް އެތެރެކުރާކަށް އެއްވެސް ހުރަހެއް ނެތެވެ. ޑިޔުޓީވެސް ބޮޑެއް ނުވެއެވެ. ހުރިހާ ހުރަސްތަކެއް މިއޮތީ ރާއްޖޭގައި ތަކެތި އުފައްދާ ކުދިވިޔަފާރިތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން އިންތިޚާބުކުރަން ޥޯޓިލާންތިބި ދިވެހި ރައްޔިތުން ކާންބޯންކުރާ މަސައްކަތްތަކަށެވެ. 

55 ލާރިއަށް ގަންނަން ލިބުނު ޕާރުސަލްތަށީގެ އަގު މިހާރު ވެސް ވަނީ 2، 3 ރުފިޔާއަށް ބޮޑުވެފައެވެ. ހޮޓާތަކުން ކާބޯތަކެތި ބަންދުކޮށްދޭ އަގު އުފުލައިފިއެވެ. ދައުލަތުގެ ވެރިން އެންމެ ނިކަމެތި ރައްޔިތު މީހާގެ ފައިސާވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ ޚަޒާނާގައިހުރި ފައިސާ ކޮޅު ބޭނުންވަރަކަށް ނަގައިގެން އެންމެ އަގުބޮޑު ކާނާ ކެއުމުގެ އިތުރުން ރައްޓެހިންނަށްވެސް ބަހަނީއެވެ. 

ތަންކޮޅެއް ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ދަރިން މަރައިގެން ނުވަތަ އުފަންވިއަ ނުދީހިފަހައްޓައިގެން ފެހިފަތް ކިޔާ އެވޯޑެއްވެސް ރައީސް މައުމޫނުގެ އަތްޕުޅުން ބައެއް ރަށްރަށުން ހޯދިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ޖެހުނީ އެކަމާއި ހިތާމަކުރާށެވެ. ވީމާ ކޮޕް 26 ގައި އެވޯޑް ހޯދަން ރާއްޖޭގެ ކުދި ވިޔަފާރިތައް، ނުވަތަ ކުދި އުފެއްދުންތެރިންނަށް ކުރާ އަނިޔާގެ ރަހަވެސް ފޮނިނުވާނެ ކަމަކަށްގިނަބައަކު ނުދެއެވެ.

މިއަދު އޮންލައިން