ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސީޓީން ޕީއެޗްޑީ ޙާޞީލްކުރެއްވެވި ފުރަތަމަ 3 ދަރިވަރުންކަމުގައިވާ މުޙައްމަދު ރަޝީދު އިބްރާހީމް، މޫސާ އަންވަރު ޙަސަން، އަދި އަނާރާ ނަޢީމް އަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ.

1 - އަނާރާ ނަޢީމް
ދަރިވަރު އައިޑީ: IUM001636
ނިމުނު އަހަރާއި ސެމިސްޓަރ: 2020 ދެވަނަ ސެމިސްޓަރ
ދިރާސާގެ މައުޟޫޢު: " ދިވެހިރާއްޖޭގެ ވެރިކަންކުރުމުގެ ޑިމޮކްރެޓިކް ނިޒާމު ޝަރުޢީ ސިޔާސަތުގެ ޢަލީގައި"
"ޑޮކްޓަރ އޮފް ފިލޯސޮފީއިން އިސްލާމިކް ޖޫޑިޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ"
ޝުކުރިއްޔާ.

2. މުޙައްމަދު ރަޝީދު އިބްރާހީމް
ދަރިވަރު އައިޑީ: IUM003360
ނިމުނު އަހަރާއި ސެމިސްޓަރ: 2020 ދެވަނަ ސެމިސްޓަރ
ދިރާސާގެ މައުޟޫޢު: "ދިވެހިރާއްޖޭގައި ޢާއިލީ މައްސަލަތަކާއި އޭގެ ޙައްލު: އިސްލާމީ ޝަރީއަތުގެ އަލީގައި"
- ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހް އެންޑް އުސޫލުލް ފިޤްހް-ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަންސައިންސަސް
ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ – ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

3 - މޫސާ އަންވަރު ޙަސަން
ދަރިވަރު އައިޑީ: IUM001599
ނިމުނު އަހަރާއި ސެމިސްޓަރ: 2020 ދެވަނަ ސެމިސްޓަރ
ދިރާސާގެ މަޢުޟޫޢު: "މަސްތުވާތަކެތި ފެތުރެން މެދުވެރިވާ ސަބަބުތަކާއި، އޭގެ އަސަރުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުގައި އޭގެ ޢުޤޫބާތާއި، މައްސަލައިގެޙައްލު ޝަރުޢީސިޔާސަތުގެ އަލީގައި: ތަޙްލީލީދިރާސާއެއް."
ޑރ. އަނާރާ ނަޢީމް އާއި ޑރ. މޫސާ އަންވަރު ޙަސަން އަކީ އެކި ގޮތްގޮތުން މިއަދުނޫހަށް އެހީތެރިވެދެއްވާ ދެ ބޭފުޅުންކަން ފާހަގަކޮށް ﷲ ތަޢާލާ އަށް ޙަމަދުކުރާ ޙާލް ހޯދެވި ކާމިޔާބީއަށް މަރުޙަބާ އަރިސްކުރަމުއެވެ.
ޑރ. މުޙައްމަދު ރަޝީދަށް ދަންނަވާލަން އޮތީ ތިއަ އުމުރުގައިވެސް ތިއަ ދައްކަވައިދެއްވީ މަނިކުފާނުގެ ޤާބިލްކަން ކަމެވެ. ވީއިރު ﷲ ތަޢާލާ ދެއްވެވި ކުޅަދާނަކަން ރަނގަޅު ގޮތުގައި ބޭނުންކުރައްވައި އެއް ދޫފުޅަކުން ކަންކަން ބަޔާންކުރައްވައި ﷲ ތަޢާލާގެ ދީނަށް ނަޞްރު ދެއްވަވަން މަސައްކަތްކުރައްވުމުގައި ހަރުދަނާވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮންމެ ކަމެއްގައިވެސް ސަރުކާރަށްވުރެ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް އަވަހަށް ދަރުސެއް ދެއްވާނެކަމަށް ގިނަ ބައަކު ދަނީ އުންމީދުކުރަމުންނެވެ.