ކޮންމެ މެންބަރަކު މަހަކު ވިހި މުވައްޒިފުންގެ މުސާރަޢާ ފަސްދޮޅަސް މުވައްޒިފުންގެ ޢިނާޔަތް ބޭނުންކުރާ މަޖިލިސް ފުލޯކު ވާހަކަ ކިޔާތަނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ މެންބަރަކު މަހަކު ވިހި މުވައްޒިފުންގެ މުސާރަޢާ ފަސްދޮޅަސް މުވައްޒިފުންގެ ޢިނާޔަތް ބޭނުންކުރާ މަޖިލިސް ފުލޯކު ވާހަކަ ކިޔާތަނަކަށް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހެވެ މިކިޔާތަނުގައި ބައެއް މެންބަރުން ދައްކާ ވާހަކަތަކުން ހަމަ އަންތަރީސްވެއެވެ. ރައްޔިތުންގެ ފައިސާއިން އިންތިހާއަށް ބޮޑު މުސާރައާ އިނާޔަތްތައް ބޭނުންކޮށްގެން ދައްކަނީ ހަމަ ހިތަށް އެރިހައި ވާހަކައެކެވެ. 

އެތަނުގެ ޙާލު ރަށެއްގެ ހޮޅު އަށްތަކަށްވުރެ ދަށުދަރަޖައަށް ވެއްޓިއްޖެއެވެ. އަންހެންވެރިން ބިޔަގަސްތައް ދަށުގައި ހަނޑޫ ހޮވަން ތިބެގެން ދައްކާ ވާހަކަތަކަށްވުރެ ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކާތަނަކަށް ވެއްޖެއެވެ. 

މިސާލަކަށް މިއަދު އެކިޔަނީ ތިމާވެށީގެ މައްސަލަތައް ޙައްލުކުރެވޭނީ ބޮޑުވަޒީރަކު ހުރެގެން ކަމަށެވެ. އެންމެ ކައިރީގައި މިއޮތް އިންޑިއާވެސް މެންބަރުންނަކަށް ނުފެނެއެވެ. ބޮޑުވަޒީރަކު ވެރިކަންކުރާތާ 100 އަހަރުވާން ކައިރިވަނީއެވެ. ތިމާވެށީގެ މައްސަލަތައް އެންމެ ބޮޑު އެއް ޤައުމަކީ އިންޑިއާއެވެ. ދެން އޮތީ ޗައިނާއެވެ. ޗައިނާގައި ވެރިކަންކުރަނީ ރައީސެކެވެ. 

އެހެންކަމަށްވާއިރު ވެރިކަންކުރާ ނިޒާމާއި ތިމާވެށީގެ މައްސަލަތައް ޙައްލުވުމާއި އޮތީ ކޮންގުޅުމެއްބާވައެވެ! މިފަދަ ވާހަކަތައް ދައްކާ މެންބަރުން ރައްޔިތުންނަށް ކަންކަން އޮޅުވާލައި ކިތަންމެ ބޮޑު ދެރައެއް ދޭންވެސް މަސައްކަތް ކުރަން ޖެހިލުން ނުވާނެކަން މިއޮތީ ސާބިތުވާން ނޫންތޯއެވެ! ޮ

ރައްޔިތުންގެ ފައިސާއިން އާދައިގެ މުވައްޒިފުންގެ 20 މުވައްޒިފުންގެ މުސާރަ ކޮންމެ މަހަކު ބޭނުންކޮށް 60 މުވައްޒިފުންގެ އިނާޔަތް ބޭނުން ކުރަމުން ދައްކާ ވާހަކަތަކުގައި އެއްވެސް ޒިންމާދާރިުކަމެއް ނެތުނީމާވެސް ވީހަމަ އެމީހުން މެންބަރުންކަމުގައި ބައިތިއްބައިގެން ޚަރަދުކުރަންތޯއެވެ؟

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން