ރައްކާތެރިކަމާއިއެކު ވެކްސިން ބެލެހެއްޓުމުގެ އިންތިޒާމް ހަރުދަނާކުރުމަށް ޖަޕާނުން އެހީދީފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 58ސ
ރައްކާތެރިކަމާއިއެކު ވެކްސިން ބެލެހެއްޓުމުގެ އިންތިޒާމް ހަރުދަނާކުރުމަށް ޖަޕާނުން އެހީދީފި

ރާއްޖެއިން ކޮވިޑް-19 އާއީ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓް މިއަދު ހަދިޔާކޮށްފިއެވެ.

މިއިކުއިޕްމަންޓް ތަކުގެ ތެރޭގައި ހިމެނެނީ ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމްކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) އެވެ.

ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ހަވާލްކޮށްދެއްވާފައެވެ.

 މިޕްރޮޖެކްޓުގެ މުޅިޖުމްލަ އަދު 950،000.00 އެމެރިކާ ޑޮލަރު އަރައެވެ.

 

މިއަދު އޮންލައިން