އުތީމުން މިފެނުނު ފެންވަޅު ވަރަށް ގިނަ ވާހަކަތައް ކިޔައިދެއެވެ. އެފޮޓޯ ބަލައިލުމުން އިވުނީ މިއަޑުތަކެވެ. ކައިރިއަށް ގޮސް ބަލައިލުމުން އަދި މާގިނަ ވާހަކަތައްވެސް ކިޔައިދޭނެއެވެ.
"އަހުރެންގެ ލޮބުވެތި ދިވެހިދަރިންނޭވެ! މިވަޅުން ފެންވަރާށެވެ! އަހުރެން ކުރި ހިތްވަރުކުރާށެވެ! މިލޮބުވެތި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރު ޤައުމަކަށް ދޫކޮށްނުލާށެވެ! އަހުރެން ދިވެހި ޤައުމުން ނެތިކޮށްލީ ޕޯޗުގީޒުންގެ ލަޝްކަރެވެ. ދޮންބަންޑާރައިން ބޭރުކޮށްލެއްވީ ހޮޅިންގެ ލަޝްކަރެވެ. މިއަދު އަލުން އެވަޒަންވެރިވަނީ ހޮޅިންނާއި މަލާބާރީންނެވެ. އެއީ އަބަދުވެސް ރާއްޖޭގެ ރަށްތަކައި ރައްޔިތުންގެ މުދައުކޮޅު ފޭރި އުޅުނު މީހުންނެވެ. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެމީހުންގެ ހިތްތަކުގައި ދިވެހި ފަސްގަނޑަށް އޮތް ދަހިވެތިކަން ދުވަހަކުވެސް ކުޑައެއް ނުވާނެއެވެ. އެއީ ހަމަ އެމީހުންނެވެ.
މިއަދު އަންނާނީ އެހީތެރިވާން ފައިސާކޮޅެއް ހިފައިގެންނެވެ. އިސާހިތަކު ހަށިގަނޑަށް މޫތައް ބާލާނެއެވެ. ކުޑަކުޑަ ބިހި ބޮޑު މުލިއްސަކަށް ބަދަލުވާނެއެވެ. އުފުރާލުން ހާދަވާ އުނދަގޫވާނެއެވެ!
ޖީއެމްއާރު ކިޔާބައަކަށް އެއާޕޯޓް ދިނެއް ނޫންހެއްޔެވެ؟ ފުރަތަމަވެސް އުޅުނީ އަވަސްމަގަކުން އެއާޕޯޓުގައި އޯފްޝޯރ ބޭންކްތަކެއް ހުޅުވަން ނޫންހެއްޔެވެ؟ މިކަންކަމަށް ހަމަ ނުވެސް ވިސްނައި ތިއަތިބެނީ ކީއްވެގެންހެއްޔެވެ؟
މަލިކަށް އެވެރިން ވެރިވެގަނެފައި އިސްލާންކަން ހިމާޔަތްކޮށްދިނެވެ. ނަމަވެސް މިއަދު ކަންކަން އެކުރާގޮތް ނިކަން ބަލައިލަބަލާށެވެ! ދާދިއަވަހަށް ހަމަ މަދޫރާއީ އިން ފެންނަ ހުރިހާ ކަންކަން ފެންނަން ފަށާނެއެވެ. މިނޫން ޙާލެއް ރާއްޖެއަކަށްވެސް ނުޖައްސާނެއެވެ.
އަހުރެންގެ ލޭ ހިނގާ ދަރިންވެސް ތިބޭނެއެވެ. ނުކުންނާށެވެ! އަހުރެން ބަން ފަދައިން ޖިހާދުގެ ކަމަރު ބަންނާށެވެ. އަހުރެންގެ އާދޭހަކީ ހަމަމިއީއެވެ."
"އުތީމު ހުޅަނގު ފަރާތު ތުނޑިން މިއަދު ވަނީ އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައި. މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން."