ސާލިމް, މަހުމޫދު މަރާލީ ފައިސާ ހޯދުމުގެ ބޭނުމުގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސާލިމް, މަހުމޫދު މަރާލީ ފައިސާ ހޯދުމުގެ ބޭނުމުގައި!

އދ. ދަނގެތީ ވިޔަފާރިވެރިޔާ މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، މަރާލީ އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އާލޮމް މިއާ،(ސާލިމް) (29އ) މަޙްމޫދު އަތުން ފައިސާ ހޯދުމުގެ ބޭނުމުގައިކަން ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ. 

މިކަމާގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން ހިމެނޭ ޓީމެއް މިއަދު ވަނީ ދަނގެއްޗަށް ގޮސްފައެވެ. އަދި ފުލުހުންގެ ޓީމުން ވަނީ އެ ރަށަށް ވަޑައިގެން މަހުމޫދުގެ އާއިލާއާއި އެ ރަށު ކައުންސިލާ ބައްދަލު ކޮށް ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާގޮތުގައި ސާލިމް، މަހުމޫދު މަރާލީ ސާލިމް އުޅޭ "ނެދުންގެ"އަށް މަހްމޫދު ގެންދިއުމަށް ފަހު، ފައިސާ އަށް އެދި ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް ސާލިމް ބުނެފައިވެ އެވެ. 

މަހުމޫދުގެ ގައިގެ އެތަން މިތަނަށް ސާލިމް ވަޅި ހަރައި މަރާލުމަށްފަހު ސާލިމް ވަނީ މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް އަރުވާފައެވެ. އަދި އޭނާ ދިރިއުޅޭ ނެދުންގޭގެ ބިއްދޮށުގައި ހުންނަ ފަޅުގޭގެ ވަޅުތެރެއަށް މަހުމޫދު ވައްޓާލީ ފާރުމަތިން މަހުމޫދު ބޭރަށް ވައްޓާލުމަށްފަހު ނަގައިގަނެގެން ގެންގޮސްއެވެ.

މި ހުރިހާ ކަމެއްގައި ވެސް ސާލިމް ފިޔަވާ އިތުރު މީހަކު ޝާމިލު ނުވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން