ރާއްޖޭގެ އިރު އުތުރުން، ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން މޫސުންގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިންދުވަހު ވަޔާއި ކަނޑު ގަދަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި އެހެން ކަމުން އާންމުކޮށް ހުުރިހާ ފަރާތްތަކުން ޚާއްޞަކޮށް ކަނޑު ދަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވުމާއި އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދަންނަވާކަމަށެވެ.
މޫސުން ގޯސްވެ ކަނދުމަތީ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގަމުން ދިއުމާ ގުޅިގެން އިއްޔެ ގެޒެޓް ކޮށްފައިވާ ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދުގައި ބުނެފައިވަނީ ރީނދޫ، އޮރެންޖް، އަދި ރަތް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ދިގުމިނުގައި (30.5 ފޫޓު)އަށްވުރެ ކުޑަ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.