އެޤައުމެއްގެ ޝަހީދުންނާއި ބާޣީން ވަކިކޮށް ދަސްކުރުމަކީ ކޮންމެ ފަރުދަކުވެސް ޤައުމީގޮތުން ކުރުން ލާޒިމްކަމެއްކަމުގައި ދެކެވެ.
ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރުކަމަށް ޝަރީޢަރަށް ވަނީ ސާބިތުވެފައެވެ.
މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ސާބިތުވެ އިތުރު 5 ދިވެއްސެއްގެ މައްޗަށް ޝަރީޢަތުން ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި ޢުމަރު ޖަމާލެވެ.
ޙުކުމް ސާބިތުވެ ނިމުނަސް، ކިތަންމެ އަހަރެއް ފާއިތުވެދިޔަޔަސް، މި ޣައްދާރުންގެ ނަން އަޑުއިވޭ ހިނދު އަހަރެމެންގެ ލޭކެކޭނެއެވެ.
- (ޖަދުއާން އޭނާގެ ފޭސްބުކްގައި ޢާންމު ކުރައްވާފައިވާ މިޕޯސްޓަކީ ނަޞްރުގެ ދުވަސްފާހަގަކުރާ ކޮންމެ ދުވަހަކުވެސް ހަނދާން އައުކޮށްލަންޖެހޭ ޕޯސްޓެކެވެ.)