ސަރުކާރުން އެދިފައިނުވިނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ބައެއް މަގުތަކުގަ ދިދަ ޖަހައިފި އެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައާއި މެދުޒިޔާރަތްމަގުގައި އަދި މަޖީދީމަގުގައި މިއަދުވަނީ ދިދަޖަހާފައެވެ.
"ސަރުކާރުން އެދިފައިނުވިނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަޖެހުން. ސަރުކާރުން އެދިފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަޖަހަން. ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން."

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓުގައި ވަނީ "ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް" އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ ހެންވޭރު ސަހަރާގައި ނަޞްރުގެ ދުވަހު ޝަހީދުވި މީހުން ވަޅުލާފައިވާ ސަރަހައްދުވެސް ސާފުކޮށްފައެވެ. މޭޔަރ ޑރ. މުޢިއްޒުވިދާޅުވެފައިވަނީ "ނޮވެމްބަރ 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ، ވީރާނާވެފައިވާތީ، އެތަން ސާފުކޮށް ރީތިކުރުން" ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.