ޢުމަރުގެފާނު ހުކުރު ދުވަހު ޚުޠުބާވިދާޅުވަން މިންބަރަށް އަރާވަޑައިގަތުމުން ޚުޠުބާ ވިދާޅުވުން ހުއްޓުވައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަން ޖެހިވަޑައިގަތެވެ. ނަމަވެސް ހޮޓެލް ޖެންއަށް ދައުލަތުން ކުރާ މިލިއަންތަކުގެ އަދަދު ވިދާޅުވަން މާލީވަޒީރު އިއުތިރާޟްކުރައްވައެވެ.
ރައްޔިތުންގެ އެތައް ހާސް ބައަކު ބޯހިޔާކަން ނެތިފައެވެ. ޝަރުޠުހަމަވެގެންލާ އެތައް ހާސް ފޯމަކަށްވެސް ބޯހިޔާވަހިކަމެއް ނުލިބެއެވެ. ތަފާތު ސަބަބުތަކާއިހުރެ އަނގައާއި އަތްދިމާނުވެ ވަރަށް ނިކަމެތިޙާލުގައި ގިނަބައަކު ދިރިއުޅެއެވެ.
ކޮންމެރޯދަ މަހަކު 5 ކިލޯ ހަނޑޫ ހޯދަން 2 ދުވަސްކުރިން ނަން ނޯޓުކޮށްގެން އަނެއްދުވަހު ގޮސް ވާރޭގައާއި ގަދައަވީގައި އެތައް ގަޑިއިރަކު ކޮޅަށް ތިބެގެން ހަނޑޫކޮޅު ހޯދާ އެތައްހާސް ބައަކު މިފުރަމާލޭގައި އުޅޭތަން ކޮންމެ އަހަރަކު ފެނެއެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ތަފާތުސަބަބުތަކާއިހުރެ ސިފައިންގެ ރައްކާތެރިކަމުގަ ބައިތިއްބަންޖެހޭ މީހުން އަގުބޮޑު ހޮޓާތަކުގައި ބޭތިއްބުމަށްވުރެ ސިފައިންގެ މަރުކަޒުތަކުގެ ބޭތިއްބުމުން އެމީހުން ބަލަހައްޓަން ދައުލަތަށް ކުރަންޖެހޭ ޚަރަދުކުޑަވާނެ ކަމަށެވެ.
ޑޜ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ހޮޓެލްޖެންގައި ރައީސް ނަޝީދު ބަހައްޓަން ދައުލަތުން ކުރާ ހޭދައިގެ ތަފްޞީލް ދޭން ފިނޭންސްމިނިސްޓްރީން އިއުތިރާޟްކޮށްފައިވާ ވަގުތެއްގައެވެ.
(ބަނޑޭރިކޮށީގައާއި އިސްކަންދަރުކޮށީގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތަކާ ފްލެޓްތައް ހުންނަވާހަކަ އަޑުއިވެއެވެ.)
މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ރައްޔިތުންގެ ފައިސާއިން ބޭކާރުގޮތުގައި މަހަކު އެތައް މިލިއަން ރުފިޔާތައް ބައެއް ވަކިވަކި ބޭފުޅުންނަށް ޚަރަދުކޮށް އަގުބޮޑު ހޮޓާތަކަށް އެފައިސާތައް އިސްރާފުކުރެވޭއިރު ހަމަ އެފަދަ މީހުންނާ އެއްވަރަށް (އެފައިސާއިން) ހިއްޞާވާ ނިކަމެތި ރައްޔިތުން އަނގައާ އަތް ދިމާނުކުރެވޭ ޙާލުގައި (ތިބެންޖެހިފައިވުމަކީ )މިއީ ވަރަށް ދެރަކަމެއް" ކަމަށެވެ.
ކޮންމެ އަހަރަކު ދައުލަތް ދަރަނި ދަނީ ބޮޑުވަމުންނެވެ. ބޭރު ޤައުމުތަކަށް ދަރަނިބޮޑުވަމުންގޮސް ފ އަތޮޅުގެ ބަދަލުގައި ހއ، ހދ. ށ 3 އަތޮޅާއި އައްޑޫ ސިޓީ އޮތް ޙާލަތު ވަނ އޮޅުންތަކެއްގެ ތެރޭގައެވެ.