ފުލުހުން ބުނަނީ މިއަދު ހަވީރު 4:03 ހައިއިރު އިބްރާހީމީ މިސްކިތަށް އަރައި ޚަޠިމްތަކަށް ކުޅުޖެހި މައްސަލައެއްގައި 40 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
އެއިރު މިސްކިތުގައި ތިބި މުސްލިމުން އެ އިބިލީސްގައިގަ ތެޅިކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މިހާތަނަށް ކަންކަން ހިނގާގޮތަށް ބަލައިފިނަމަ އޭނާގެ ގައިގަ ތެޅި މުސްލިމުންނާއިމެދު މިސަރުކާރުން ނިންމާނީ އެމީހުންނަކީ ހައްދުފަހަނައަޅާފައިވާ މީހުން ކަމުގައިބެލެވޭކަމަށް މިސްކިތް ކައިރީގައިތިބި ބައެއް މީހުން ބުނެފައިވެއެވެ.
"ހަމަ އެމީހާ ހުކުރުމިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިއައެވެ. އެއިގެފަހުން އިބްރާހީމީ މިސްކިތަށް ކުޑަކަމުދިއައީ! މިއަދު އިބްރާހީމީ މިސްކތަށް އަރައި ޚަޠިމްތަކަށް ކުޅުޖެހީ! މިހުރިހާ ކަމެއް ކުރަން އޭނާ ވީއްލާފައި ބަހައްޓަނީ މިސަރުކާރު ހައްދުފަހަނައަޅާފައިވާތީކަން ސާބތުކުރަން އިތުރު ހެކި ބޭނުންވޭތޯ؟ މިއަށްވުރެ އިސްލާމް ދީނާ ޢަދާވާތްތެރި ސަރުކާރެއް ރާއްޖޭގައިވެރިކަންކޮށްފިތޯ؟ ރައީސް ޞާލިޙް އެވިދާޅާ ހައްދުފަހަނައަޅައިދއުމުގެ ފިކުރު އޮތީ ސަރުކާރުގައި ނޫންތޯ؟ އެއީ އިސްލާމް ދީނާއިމެދު ޢަދާވާތްތެރިވުމުގައި ހައްދުފަހަނައަޅައިދިއުން ނޫންތޯއެވެ؟"
މިފަދަ އެތައް ސުވާލުތަކެއް މިސްކިތް ކައިރީގައި ތިބި ބައެއް މީހުން އުފެއްދިއެވެ.