މިއީ ރައްޔިތުން ދުޢާއަށް އަތް އުފުލަންވީ ވަގުތު! މިސްކިތްތަކާ ޤުރްއާނުގެ ޙުރުމަތް ކަނޑުވަނީ ޤަޞްދުގަ! އެއީ ހިންގުވާ ހީލަތްތެރި ބޮޑު ޖަރީމާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިއީ ރައްޔިތުން ދުޢާއަށް އަތް އުފުލަންވީ ވަގުތު! މިސްކިތްތަކާ ޤުރްއާނުގެ ޙުރުމަތް ކަނޑުވަނީ ޤަޞްދުގަ! އެއީ ހިންގުވާ ހީލަތްތެރި ބޮޑު ޖަރީމާއެއް!

މަސްތުވެގެން ތިބެ މިސްކިތްތަކުގަ ނިދައި މިސްކިތްތަކަށް ކުޑަކަމުގޮސް އެންމެ ފަހުން މިސްކިތްތަކުގަ ހުންނަ މުޞްޙަފްތަކަށް ކުޅުޖަހަން ފުރުޞަތުދީފައި އޮންނަ އޮތުމަކީ މިސްކިތްތަކުގެ ޤަދަރާއި ހުރުމަތް ކަނޑުވާލުމަށްޓަކައި ޤަޞްދުގައި ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގިނަ ބައަކު ތުހުމަތު ކުރެއެވެ. 

"ބައްލަވަ ކުރިން މީހުން ފުލުހުންނަށް ޤަދަރުކުރޭ! ފުލުހުންނަށް އިޙްތިރާމްކުރޭ! ރައީސުލްޖުމްހޫރިއްޔާއަށް ޤަދަރާ އިޙްތިރާމްކުރޭ! ގޮޅާބޯ ގޮވައި އެކަންކަން ނައްތުވާލުމަށްފަހު ގޮޅާބޯ ގޮވީ ކީއްކުރަންކަން އަމިއްލަ ދުލުން ކިޔައިދިން ނޫންތޯ؟ މިހާރު މިހިންގުވަނީ އަދި މާބޮޑު ޖަރީމާއެއް! ބޭނުމަކަށްވެފައި އޮންނާނީ ދިވެހިންގެ ތެރޭގައި އެއީ ޢާންމުކަމަކަށް ހެދުން. މިސްކިތްތަކާ މުޞްޙަފްތައް އެއީ އެއްވެސް އަގެއް ނެތް އެއްޗެތީގެ ގޮތުގަ ދެއްކުވުން. ދިވެހިންގެ ހިތުގައި މިސްކިތްތަކަށާއި ޤުރްއާނަށް އޮތް ލޯބި ދުއްވާލުން! އެއިރުން ނޫންތޯ ލާދީނީ ކާމިޔާބު ކުރެވޭނީ؟ އަބަދުކުރާކަމަކަށް ހެދުނީމާ މީހުންގެ ސަމާލުކަން ކުޑަވާނެކަމަސް ބަލައިގެން އެއުޅެނީ! ނަމަވެސް އެއީ މޮޔަވިސްނުމެއް! ދާނީ ފަނފުލުން އިން ޝާ ﷲ! ﷲ އިރާދަކުރެއްވިއްޔާ އެހެނެއް ނޫން އެކަންވާނީ! އެކަން ކުރުވާ މީހުންގެ އަގުވެއްޓޭނީ! އެމީހުންގެ ވެރިކަން ފޭލްވާނީ! އެމީހުން ނިކަމެތިކުރައްވަވާނެ! އިން ޝާ ﷲ"

"މިހާރު މިއޮތީ ﷲ ތަޢާލާއަށް ބިރުވެތިވާ އެންމެން މިވަބާއިން ދިވެހި ޤައުމާ ރައްޔިތުން ސަލާމަތްކުރެއްވެވުން އެދި ދެއަތް އުފުލައި ދުޢާކުރަންވީ ވަގުތު އައިސް ޖެހިފަ! ކޮންމެ ސަޖިދައެއްގަވެސް ދުޢާކުރަންވީ! ނަމާދު ނިމިގެން ދެއަތް އުފުލައި ދުޢާކުރަންވީ! ﷲ އިސްލާމް ދީނަށް ނަޞްރު ދެއްވަވާނެ! އެއީ ޔަޤީންކަމެއް! ދީނުގެ ޢަދާވާތްތެރިން ބަލިކުރައްވަވާނެ!" 

"މީގެ ފަހަތުގަ އޮންނާނެ ދެވަނަކަމެއް ކަމަށް ޤަބޫލުކުރެވެނީ މުސްލިމް ޒުވާނުން ރުޅި އަރުވައި އެމީހުން ލައްވާ ގޯސްތަކެއް ހައްދުވައި ސަރުކާރުން މާނަކުރާ ހައްދުފަހަނައަލާފަ ތިބި މީހުން ރާއްޖޭގަ ތިބިކަން ދުނިޔެއަށް ދެއްކުވުން! ނަމަނަމަ ޒުވާނުން އެފުރުޞަތު ނުދޭތި! ކެތްތެރިވާތި! ދުޢާކުރުން ގިނަކުރޭ! ﷲ ނަބްރު ދެއްވަވާނެ!" 

މުސްލިމް ދިވެހިރައްޔިތުންގެ އަޑު މިފަދައިން ހުރިއިރު ދީނީ ޢިލްމުވެރިންވެސް ގެންދަވަީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

"މީނާ އަށް ދޭނެ އަދަބެއް ގާނޫނުލް ޢުގޫބާތުގައި ލިޔެވިފައި ނެތްނަމަ ތަޢްޒީރީ އަދަބެއް ދޭންޖެހޭ." ޑރ. އިޔާޟް

 

މިއަދު އޮންލައިން