ޝައިޠޯނާ، ޙަސަން ޒިޔާދަށް ވަގުތުން ޙުކުމް ނުކުރެވިގެން އުޅެނީ ކީއްވެ؟ ދިހަ ދުވަހުން އޭނާގެ ނުރައްކާ ފިލަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޝައިޠޯނާ، ޙަސަން ޒިޔާދަށް ވަގުތުން ޙުކުމް ނުކުރެވިގެން އުޅެނީ ކީއްވެ؟ ދިހަ ދުވަހުން އޭނާގެ ނުރައްކާ ފިލަނީތަ؟

އިސްލާމް ދީނާއި ﷲ ތަޢާލާގެ ޢަދާވާތްތެރިޔާ ށަސަން ޒިޔާދަށް ބަންދުގެ މުއްދަތުޖަހަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވަނީ (1) ހަސަން ޒިޔާދަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. (2) އޭނާއަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެކެވެ.

ކުރިން މިސްކިތްތަކަށް ކުޑަކަމުދާހިތްވާބަލި ޖެހިފައިހުރި މި އިބިލީސް ވަނީ އިސްލާމީ މަރުކަޒަށާއި ހުކުރުމިސްކިތަށް އަދި އިސްކަންދަރު މިސްކިތަށް ކުޑަކަމުގޮސްފައެވެ. އެބަލީގެ މައްޗަށް ﷲ ތަޢާލާގެ ކަލާމްފުޅަށް ކުޅުޖަހާހިތްވާ ބަލިޖެހިގެން ވަނީ އިބްރާހީމީ މިސްކިތަށް އަރައި މުޞްޙަފަށް ރަތްކުޅުޖަހައިފައެވެ. 

ކުރިން އޭނާއަކީ މޮޔައެއްކަމަށް ބައަކަށް ހީކުރެވިފައި އޮތް ނަމަވެސް ހެދި ޓެސްޓްތަކުން އޭނާއަކީ މޮޔައެއް ނޫންކަން މިހާރުވަނީ ސާބިތުވެފައެވެ. ސުވާލަކީ 10 ދުވަހު ބަންދުގައި ބެހެއްޓީމާ މުޖުތައުގެ ސަލާމަތަށް މިއިބިލީހުގެ ސަބަބުން އޮތް ނުރައްކާ ކެނޑިގެންދާނީހެއްޔެވެ؟ 

އޭނާ އިއްޔަވަނީ ކުށަށް އިޢުތުރާފްވެފައެވެ. ހެކިން އެބަތިއްބެވެ! ވީޑިއޯ އެބަހުއްޓެވެ. ވަގުތުން އޭނާއަށް ޙުކުމްކުރަން އޮތީ ކޮންހުރަހެއް ހެއްޔެވެ؟ އުންސުރުހަމަވާގޮތަށް ޕީޖީން ވަގުތުން ދައުވާކޮށް ވަގުތުން ޙުކުމްކުރަން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ 

ކުރިން އޭނާގެ މައްސަލަ ތަހްޤީޤުކޮށް ދައުވާކުރުމުގައިވެސް އުންސުރު ހަމަނުވާ މައްސަލަތަކެއް ކުރިމަތިވެ އުންސުރު ހަމަކުރަން މަސައްކަތްކުރާކަމުގެ މައުލޫމާތުވަނީ ފެތުރިފައެވެ. ވީމާ އުންސުރު ހަމަވާ ބައަކު އުންސުރުހަމަވާ ގޮތަށް މައްސަލައިގެ ލިޔެކިޔުންތައް އަވަހަށް ކޯޓަށް ފޮނުވައި 10 ދުވަސް ނުވަނީސް އޭނާގެ މައްޗަށް ޙުކުމް ނުއިއްވޭނަމަ މިއީ އުންސުރު ހަމަވާ ނިޒާމެއް ހެއްޔެވެ؟ 

އިސްލާމް ދީނަށް ބަލައިފިނަމަ މީހާގެ މައްޗަށް ކުށް ސާބިތުވީމާ ޙުކުމްކުރުން އަހަރުތަކަށް ލަސްކޮށް މުޖުތަމައުއަށް މީހާވީއްލައި އިތުރަށް ކުށްކުރަން ފުރުޞަތުދިނުމެއް ނޯވެއެވެ. ކުށްކުރާމީހާއަށްވެސް ފައިދާކުރާނީ އަވަހަށް ޙައްޤު އަދަބު ދީ އަދަބުގެ ސަބަބުން އޭނާއަށް އިޞްލާޙްވުމުގެ ވިސްނުން ލިބިއްޖެނަމައެވެ. އިތުރު މިސްކިތަކަށް ކުޑަކަމުގޮސް މުޞްޙަފަށް ރަތްކުޅުޖެހުމުގެ ފުރުޞަތު ޝައިޠޯނާއަށް ލިބުނީ ފުރަތަމަކުރި ކުށަށް އަދަބުނުދީ މިނިވަންކުރުމުންނެވެ. 

މިކަންކަމުންވެސް ޔަޤީންވެގެންދަނީ އިސްލާމީ ޝަރީޢަތުގައިވަނީ އެންމެ ރަނގަޅު ގޮތް ކަމެވެ. ޢަމަލުނުކުރުމުން މުޖުތަމައުއަށް ކުރިމަތިވަނީ އިތުރު މައްސަލަތައްކަމާއި ކުށްކުރާ މީހާއަށް ވެސް ލިބެނީ އިތުރު އަނިޔާކަމެވެ.

މިއަދު އޮންލައިން