"އެކިއެކި މިސްކިތަށް ކުޑަކަމު ދިޔަ މީހާ ހައްޔަރު ކުރުމަށް ފަހު ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވީ އޭނައަކީ ނުކުޅެދޭ މީހެއް ކަމަށެވެ. އެއަށް ފަހު، ދެން ފެނުނީ އޭނާ ކޯޓުން ދޫކޮށްލި ތަނެވެ. ދޫކޮށްލީ، އެ ދިޔައީ މިސްކިތެއްގެ ގޯތިތެރެއަށް ކުޑަ ކަމުއެވެ. މިހާރު އެ ޚަތިމަށް ކުޅު ޖެހީއެވެ.
އޭނައަކީ ނުކުޅެދޭ މީހެއް ނަމަ، ނުވަތަ ސިކުނޑި ގޯސް މީހެއް ނަމަ، ސަރުކާރުން އޭނާއަށް ފަރުވާ ކުރަން ނުޖެހޭތޯ؟ ކާކުތޯ މި ހިނގާ ކަންކަމުގެ ޒިންމާ ނަގާނީ؟ ކާކުތޯ މިކަމުގެ ސަބަބުން އޭނާއަށް ވެސް ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ނަގާނީ؟
މި ހުންނަނީ އިންތިހާ ދަރަޖައިގެ އިހުމާލުތައް!"
- ޝައިޚް ޝަފީޢު ޢަބްދުﷲ
ޝައިޚް ޝަފީޢު މިމޭރުމުން ވިދާޅުވެފައިވާއިރު މިފަދަ ނުބައި ޢަމަލުތައް ކުރަން ހިތްވަރުދޭމީހުން މިހާރުވެސް ގެންދަނީ އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަން ދައްކުވަން ފާޑުފާޑުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޢާންމުކުރަމުންކަން ފާހަގަކުރެވެއެވެ.