ރޭ ޕިކަޕަކުން ޖެހި އެކްސިޑެންޓްވި އަންހެނެއްގެ ފައި ބުރިކޮށްލައިފިއެވެ. މައުލޫމާތު ލިބޭ ގޮތުން 47 އަހަރުގެ ދިވެހި އަންހެނެއްގެ ފަޔަށް ލިބުނު އަނިޔާތަކުގައި ފައި ޗިސްވެފައި އޮތުމުން ބުރިކޮށްލާފައިވަނީ އޭނާގެ ވައަތުފައެވެ.
ސޯޝަލްމީޑިއާގައި ދައުރުކުރާ ވީޑިއޯއިން ފެންނަގޮތުގައި ގޯޅިއަޅަން އުޅުނު ޕިކަޕެއް ކޮންޓްރޯލްނުވެ ގޮސް ފާރުގައި ޖެހި އަންހެން މީހާ ފިތުނީއެވެ. ފުލުހުން ބުނެފައިވަނީ ޕިކަޕް ދުއްވީ ލައިސަންސް އޮތް 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މައްސަލަ ބަލަމުންގެންދާށެވެ.
ގުޅުންހުރި ވީޑިއޯ: