ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2022 ވަނަ އަހަރުގެ ދެވަނަސެމިސްޓަރއަށް ޖުމްލަ 56 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމީ ޔުނިވަރސިޓީން އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 12 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 11 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 1 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 20 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކޯސްތައް ކުރިއަށްދާނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރ ތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 (ސަތޭކަ އިންސަތަ) ޓިއުޝަންފީ ހިލޭ ކޯސްތަކެކެވެ.
މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށާއި އަދި މީގެ އިތުރުން، މި ޔުނިވަރސިޓީން ލ.ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށް އިސްލާމީ ޔުނިވަރސިޓީން ވަނީ އެދިފައެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ. ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ ސްކޫލް) އިން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން www.ium.edu.mv ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު:
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ. ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ހދ. ހަނިމާދޫ (ކުރީގެ ހަނިމާދޫ ސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ ސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
- އައި.ޔޫ.އެމް ޝަމްސުއްދީން ލާރނިންގ ސެންޓަރ (އައްޑޫ ސިޓީ- މީދޫ)
- އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
- އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް admissions.ium.edu.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
- ހޮޓްލައިން: 3022120 އަދި 7923247