އަށާރަ އަހަރު ނުފުރޭ މައިން ވިހާ ދަރިން ބެލުމަށް އެސްޕާއިން އެހީތެރިވެދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އަށާރަ އަހަރު ނުފުރޭ މައިން ވިހާ ދަރިން ބެލުމަށް އެސްޕާއިން އެހީތެރިވެދޭ!

އުމުރުން އަހަރު ނުފުރޭ މައިން އެކަނިވެރިމައެއްގެ ގޮތުގައި ވިހެއުމުން ލިބޭ ދަރިން ބަލަން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އެންސްޕާއިން އެހީތެރިވެއެވެ. މިގޮތުން މިއަހަރުގެ މިހައިތަނަށް އެފަދަ އެކަނިވެރި 3 މައަކަށް 24000 ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ. 

18 އަހަރު ނުފުރޭ މައިން އެކަނިވެރިމައިންގެ ގޮތުގައި ވިހެއުމަށްފަހު ދަރިންނަށް ބޭނުންވާ ޚަރަދުތައް ނުކުރެވިގެން ވަރަށް ނިކަމެތި ޙާލުގައި ބައެއްކުދިންނަށް އުޅެންޖެހިފައިވާ ކަމުގެ މައުލޫމާތު މިއަދުނޫހަށް ވަނީ ލިބިފައެވެ. އަދި ލިބޭ ނިކަމެތިކަމުގެ ތެރެއިން އެފަދަ ބައެއް މައިން އަޚްލާޤީ ގޮތުން އެންމެ ދަށުދަރަޖައަށް ވެއްޓެން މަޖުބޫރުވެފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ވީމާ 18 އަހަރުނުފުރޭ މައިން ވިހެއުމުން ދަރިފުޅު ބަލަހައްޓަން ސަރުކާރުން އެހީތެރިވެދޭގޮތާއިމެދު އެންސްޕާއާއި ސުވާލުކުރުމުން ދީފައިވަނީ ތިރީގައިއެވާ ޖަވާބެވެ! 

މިއަދުނޫހުގެސުވާލު:   

(1) 2020 އަހަރުގަ އާއި 2021 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް، ކައިވެނީގެ ބޭރުމުން ދަރިން ވިހާފައިވާ 18 އަހަރު ނުފުރޭ މައިން ވިހާކުދިން ބަލަހައްޓަން އެހީތެރިވުމުގެ ގޮތުން

(1) ކިތައް ރުފިޔާ ޚަރަދުކުރެވިފަވޭތޯ؟

(2) (2) އެހީތެރިވެދީފައިވަނީ 18 އަހަރު ނުފުރޭ ކިތައް މައިންނަށްތޯ؟ 

(3) ކައިވެނީގެ ބޭރުން ދަރިންވިހާ 18 އަހަރު ނުފުރޭ މައިން އެންސްޕާގެ އެހީ ހޯދަން އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟

(4) އެހީއަށް ކޮންމެފަހަރު އެދެންތޯ ޖެހެނީ ނޫނީ އެލަވަންސްގެ ގޮތުގައި ދެއްވަމުން ގެންދަވަނީތޯ؟

މިއަދުނޫހަށް ކުރިން ޤަބޫލުކުރެވިފައި އޮތީ މިއީ ޖެންޑަރ މިނިސްޓްރީން ބަލަހައްޓާނެ ކަމެއް ކަމަށެވެ. ނަމަވެސް އެމިނިސްޓްރީގައި ސުވާލުކުރުމުން ޖަވާބުދީފައިވަނީ އެންސްޕާ އާއި ސުވާލުކުރުމަށެވެ.

އެންސްޕާގެ ޖަވާބު: 

އައްސަލާމް ޢަލައިކުމް،

ހަވާލާދީފައިވާ އީމެއިލްގައި ބަޔާންކުރައްވާފައިވާ ފަރާތްތަކަށް ހާއްސަކޮށް އެހީ ފޯރުކޮށްދޭ ޕްރޮގްރާމެއް މިއެޖެންސީގައި މިވަގުތު ހިންގަމުންނުދާކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް އެފަދަ ފަރާތަކުން މިއެޖެންސީން ފޯރުކޮށްދޭ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ" ގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ފެތޭނަމަ، މިއެހީ ހަމަޖައްސާދެވޭނެ ވާހަކަ ދަންނަވަމަވެ. އަދި މިފަދައިން 18 އަހަރު ނުފުރޭ މައިންނަށް ހަމަޖައްސާދެވޭ އެހީ ފޯރުކޮށްދެވޭނީ އެފަރާތުގެ ބެލެނިވެރިއެއް މެދުވެރިކޮށް ކަމުގައިވެސް ދަންނަވަމަވެ.

މިއެހީއަށް އެދި ހުށަހަޅާނެގޮތުގެ މަޢުލޫމާތު އަދި އެހީއާއި ގުޅޭ އިތުރު މަޢުލޫމާތު މިއެޖެންސީގެ ވެބްސައިޓް https://www.nspa.gov.mv/dh/ekaniveri-main-bafain-ge-allowance/ އިން ލިބިލައްވާނެއެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން 2020 ވަނަ އަހަރު 18 އަހަރުން ދަށުގެ މައިންނަށް އެހީ ހަމަޖައްސާދެވިފައިވާ ގޮތުގެ ތަފްސީލު

18 އަހަރުން ދަށުގެ މައިންގެ އަދަދު 3

ފޯރުކޮށްދެވިފައިވާ ޖުމްލަ އެހީގެ އަދަދު: 24،000

 

މިއަދުނޫހުން ފާހަގަކުރާ ގޮތުގައި އެންސްޕާއިން މާލީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެފައިސާ ހޯދަން އުފުލަންޖެހޭ ތަކްލީފް އުފުލަން ގިނަ ބައަކަށް ފަސޭހައެއް ނޫނެވެ. އަދި އެފަދަ އިނާޔަތެއް ލިބޭކަންވެސް އެނގެނީ މަދު ބައަކަށެވެ. ވީމާ ޖެންޑަރ މިނިސްޓްރީން 18 އަހަރު ނުފުރޭ މައިންނަށް އެންސްޕާގެ އެލަވަންސް ހޯދައިދިނުމުގެ މުހިންމު ދައުރެއް އަދާކުރަމުން ގެންދާނެއެވެ. އެކަންކަން އޮޅުންފިލާތޯ ޖެންޑަރ މިނިސްޓްރީ މިގެންދަނީ ސުވާލުތައް ކުރަމުންނެވެ.

މިއަދު އޮންލައިން