ޖަލާލުއްދީން މިސްކިތުގެ ގޯތިތެރެއަށް ކުޑަކަމުދިއަ ބަންގްލަދޭޝްގެ މީޙެއްގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 7:58 ހައިއިރުއެވެ.
މިކަމުގެ ޚަބަރު ޢާންމުވީ ފާއިތުވި 3 އަހަރުގެ ކާމިޔާބީ ފާހަގަކޮށް ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ލައިވް ޕްރެސްގައި މައުލޫމާތު ދެއްވަން ތިއްބަވަނިކޮށްކަން ފާހަގަކުރެވެއެވެ.