ވިޔަފާރިވެރިންގެ މިސްކިތުން ފޭބި ނުވަދިހަ އަހަރުގެ މީހާއަށް ސަލާމަތްވެވުނީ މިސްކިތުން ފޭބި ބައަކު އޭނާ ސަލާމަތްކުރުމުން- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވިޔަފާރިވެރިންގެ މިސްކިތުން ފޭބި ނުވަދިހަ އަހަރުގެ މީހާއަށް ސަލާމަތްވެވުނީ މިސްކިތުން ފޭބި ބައަކު އޭނާ ސަލާމަތްކުރުމުން- އިން ޝާ ﷲ

މިއަދުގެ މެންދުރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުން ފޭބި ނުވަދިހަ އަހަރުގެ މީހާއަށް ސަލާމަތްވެވުނީ މިސްކިތުން ފޭބި ބައަކު އޭނާ ސަލާމަތްކުރުމުންނެވެ. އިން ޝާ ﷲ 

20 ވަރަކަށް އަހަރުގެ ޒުވާނަކު އެއިރު އޭނާ ހިފަހައްޓައި އެދެމުންދިއައީ ފައިސާއަށެވެ. ދިހަވަރަކަށް ރުފިޔާ ނަމަވެސް ދިނުމަށެވެ. މިގޮތަށް އެދުމުން ފައިސާ ދޭން ޖީބުން ވޮލެޓްނަގައިފިނަމަ ވަގުތުން ވޮލެޓް ފޭރިގަނެގެން ދުވެ ފިލުމަކީ މީހުން ބުނާގޮތުން ޢާންމުކަމެކެވެ. 

އެވަގު މިސްކިތުން ފޭބުނު ބައަކު "ކަލޭވަރުގެ އުމުރުން ޒުވާން ކުއްޖަކު ޢުމުރުން މިހައިދުވަސްވީ މީހެއްގެ އަތުން ފައިސާ ހޯދަން އުޅެން ލަދެއް ނުގަނޭތަ؟ ނުދީފިއްޔާ ކަޓަރު އަޅައި ކަންކަން ކުރަން ޖެހިލުން ނުވަނީ ކީއްވެގެންތަ؟ ކަލޭމެން މަރެއް ނުވާނެތަ؟ ހުޅުމާލޭގަ އެއުޅެނީ ވެސް ހަމަ މުސްކުޅިއަކު ހިފަހައްޓައި ކަޓަރު އަޅައި ފޭރި ހަދައިގެން." ކަމަށްބުނެ ވާހަކަދައްކަންފެށުމުން ޒުވާނާގެ ކޮޅު ކުރިނާރާނެކަން އެނގުމުން ދިއައީއެވެ. 

މިސްކިތްތަކުގެ ޙުރުމަތް ކަނޑައި މިސްކިތްތައް ނަޖިސްކުރަން ދޫކޮށްލުމުގެ އިތުރުން މަގުމަތީގައި ހިނގާއުޅޭ މުސްކުޅިންނަށް އަނިޔާކޮށް ފޭރުމުގެ މައްސަލަތައް ގިނަވާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން