ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ނަހުލާ އިސްވެ ނިކުންނަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ނަހުލާ އިސްވެ ނިކުންނަވައިފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިސްވެ ހުންނަވާ އެޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ފ.ނިލަންދޫގައި ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެމި ހަރަކާތާއި ގުޅިގެން އެޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ނިލަންދޫއަށް ކުރާ މިދަތުރަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ފަށާފައިވާ "ރަށު ދަތުރު"ގެ ތެރެއިން ދަތުރެއް ކަމަށާއި މި ދަތުރަކީވެސް ކަނބަލުން އަދި ވަކިން ޙާއްސަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިސްނަންގަވައިގެން ކުރައްވާ ދަތުރެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް މިފަހަރު ފަށާފައިވަނީ އައު ބާރަކާއި، އައު ކުރިއެރުންތަކާކާއި އެކުގައިކަމަށާއި މިމަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ މިމަހުގެ އެގާރަވަނަ ދުވަހުގައި ކަމަށެވެ.

މި ދަތުރުގައި ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު އާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 15 ކަނބަލުން ބައިވެރިވެއެވެ.

 

މިއަދު އޮންލައިން