ނަހުލާގެ ޚާއްޞަ ޝުކުރެއް ނިލަންދޫ ރައްޔިތުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ނަހުލާގެ ޚާއްޞަ ޝުކުރެއް ނިލަންދޫ ރައްޔިތުންނަށް!

ޖުމްހޫރީ ޕާޓިން އަންހެން ކަބަލުން އިސްނަގައިގެން ކުރާ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި، އަންހެން ބޭފުޅުން އިސްނަގައިގެން މިކުރާ ދަތުރުތަކުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާގޮތުގާ ޖުމްހޫރީ ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބެއް އަންނާނެ، ސަބަބަކީ އަންހެނުން ނޫނީ އަންހެން ކަބަލުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއް ކާމިޔާބު ވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރާތީ. 

ދެންއަދި މިހާތަނަށް ޖުމްހޫރީޕާޓީގެ އަންހެން ކަބަލުން އިސްނަގައިގެން މިކުރާ މަސައްކަތްތަކަށް އަޅުގަޑުގެ އަމިއްލަ ނަމުގަޔާއި، ޖުމްހޫރީ ޕާޓީގެ ނަމުގައި، ލީޑަރުންގެ ނަމުގައި ހަމަ ހުރިހާ ކަބަލުންނަށް ޝުކުރު ދަންނަވަން. ވަރަށް މުހިންމު މަސައްކަތެއް ޖުމްހޫރީޕާޓީން ފައްޓައިގެން މިއުޅެނީ މިކަމުގައި ﷲ ތަޢާލާ ކާމިޔާބު ދެއްވާށި!

އޭގެ އިތުރުން ދެން އަޅުގަޑު ހަމަ ފާހަގަކޮށްލަން ބޭނުން ނިލަންދޫއަށް މިއަދު މިކުރެވޭ ދަތުރުގާ މިހާރު އަޅުގަޑުމެން މަސައްކަތް ކުރަމުންމިދާ ދަތުރުގާ އަޅުގަޑުމެންނަށް ވަރަށް ކާމިޔާބޭ ދެންނެވޭނީ، ނިލަންދޫ ގައި ރައްޔިތުންނަކީ ފެށުނީއްސުރެން ހަމަ ޚާއްޞަކޮށް ވަކިޕްލޭނެއް ނުކިޔަމާހިގާ ޤާސިމްއިބްރާހީމް ދެކެ ލޯބިވާ ރައްޔިތުންތަކެއް ތިބިރަށެއް، އަދި މީގެކުރީގާ ކޮންމެޕާޓީއަކަށް ނިސްބަތްވި ނަމަވެސް ހުރިހާ ލޮބުވެތި ރައްޔިތުންނަކީ ޤާސިމް އިބްރާހީމް އަށް ވަރަށް އިޙްތިރާމް ކުރާބައެއް އެހެންވީމާ ހަމަ އެކަމަށްޓަކައި ނިލަންދޫގެ ލޮބްވެތި ރައްޔިތުންނަށް ޝުކްރުދަންނަވަން. 

އަދި މިރަށަށް އައުމާގުޅިގެން އަޅުގަނޑުމެންނަށް ކީ ހޫނުމަރްޙަބާޔާއި، އަޅުގަނޑުމެނަށް ބެހެއްޓި ގާތްކަމާ އެއްބާރުލުމާ ދިންސަޕޯޓަށް މިރަށުގެ އެންމެހާ ލޮބްވެތި ރައްޔިތުންނަށް ޝުކްރުދަންނަވަން.

ނިލަންދޫއަށް މިކުރި ދަތުރުން އަޅުގަނޑުމެންނަށް މިއެނގުނީ  އަޅުގަނޑަށް ހަމަގައިމުވެސް ފާހަގަވި ކަމަކީ ރާއްޖޭގެ ރަށްތަކަށް އަޅުގަނޑުމެން ޖުމްހޫރީ ޕާޓީގެ ދަތުރުތައް ކުރިޔަށް ހުރިތާނގާ ވަރަށް ގިނަކުރަން އެބަޖެހޭ، ޖުމްހޫރީޕާޓީގެ ލީޑަރުދެކެ ލޯބިވާ އެތައް ރައްޔިތުންނެއް އެބަތިބި ރާއްޖޭގެ އެކިކަންކޮޅުތަކުގަ އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރާގޮތުގާ ޖުމްހޫރީޕާޓީގެ ކަނބަލުން އިސްނަގައިގެން ކުރާދަތުރު ކުރިމަގުގާ ހަމަ އިރާދަކުރެއްވީތީ ނުހުއްޓާ ބަރާބަރަށް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ އަމިއްލަ ނަފްސުން އަރުވަން، 

ދެންމި ދަތުރުގައި ކާމިޔާބީއަށް ބަލާއިރު މިރަށުގެ ހަމަ އަޅުގަނޑު ދަންނަވާނީ ހަމަ އެންމެއިސް ކޮށް އުޅުއްވާ ހުރިހާ ބޭފުޅުން ހެން މިއަދު ޖުމްހޫރީޕާޓީއާ ގުޅިގެން އެދިޔައީ އެކަމަށްޓަކާ ހަމަ އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކްރު ދަންނަވަން. އެހެންވީމާ ހަމަ އެކަންވެސް އަޅުގަނޑު ފާހަގަކޮށްލަން.

މިއަދު އޮންލައިން