އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނާއި މީހަކު ހަސަދަވެރިވެއްޖެނަމަ އެމީހަކު ހިތްހަމަޖައްސައިދޭން މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ޢާންމުގޮތެއްގައި ހަސަވެރިން ޙަސަދަވެރިވަނީ އެމީހުންގެ ހިތުގައި އުފެދޭ ނަފްރަތަކުން ކަމުގައިވާތީއެވެ. ވީމާ ބޭރުފށުން އެމީހުންއިޞްލާޙްވިކަން ނުވަތަ ބަދަލުވިކަން ދެއްކިނަމަވެސް ވަރަށް މަދުން ނޫނީ އެމީހުންނަށް އޮންނަނީ އެމީހުންގެ ހިތް ސާފުނުކުރެވިފައެވެ.
އެފަދަ މީހުންގެ ކިބައިން ސަލާމަތްވެހުރުމަށް އޮތީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. އާޔަތުލްކުރުސި، އިޚްލާޞް، އަލްފަލަޤް ސޫރަތް ދެއއިރު ކިޔަވަމުން ގެންދިއުމެވެ.
ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.
"ހަސަދަވެރިއެއްގެ ހިތްހަމަޖައްސައިދޭން ނުވިސްނާށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ހަސަދަވެރިކަމާއިއެކު ވާނެ އެއްޗެއް ވާން ދޫކޮށްލާށެވެ.
އޭނާގެ ހަސަދަވެރިކަމުން ސަލާމަތްވާން ޛިކްރްތައް ކިޔައި ރައްކާތެރިކަން ހޯދާށެވެ! ﷲ ޙައްޤަށް ނަބްރު ދެއްވަވާނެކަން ކަށްވަރެވެ! އިން ޝާ ﷲ."
–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް