އިސްލާމްދީނަށް ގޯނާކުރުމުގަ ހައްދުފަހަނައަޅާފައިވާ ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިސްލާމްދީނަށް ގޯނާކުރުމުގަ ހައްދުފަހަނައަޅާފައިވާ ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި

އިސްލާމްދީނަށާއި މުސްލިމުންނަށް ގޯނާކުރުމުގައި ހައްދުފަހަނައަޅާފައިވާ ބީޖޭޕީގެ ތަރުޖަމާނު މުސްލިމުން ނިކަމެތިކޮށް ހިތުގައި ޖައްސުވަން ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވަނީ އޭނާގެ ވާހަކަތަކުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް ވަރަށް ފުން އަސަރުތަކެއް ކުރިކަން ފާހަގަކުރައްވައިފައެވެ. ޚާއްޞަކޮށް ރަސޫލް އަށް ފުރައްސާރަކުރުމުން އެކަމުގެ އަސަރު ބުނިޔޭގައި ތިބި 2 ބިލިއަން މުސްލިމުންނަށް ކުރާނެކަންވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަށް އިންޑިއާ "އިން" ނުކުރަންވީ އިންޑިއާއަކީ ﷲ ތަޢާލާ އާއި ޢަދާވާތްތެރިވުމުގައި ހައްދުފަހަނަޢަޅާފައިވާ ބައަކު ވެރިކަމުގައި ތިބި ޤައުމަކަށްވާތީކަން ރާއްޖޭގެ ގިނަބައަކު ދަނީ ފާހަގަކުރަމުންނެވެ. 

 

މިއަދު އޮންލައިން