ޖުމްހޫރީ ޕާޓީއާ ގިނަ އަދަދެއްގެ ޒުވާނުން ގުޅިއްޖެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޖުމްހޫރީ ޕާޓީއާ ގިނަ އަދަދެއްގެ ޒުވާނުން ގުޅިއްޖެ-

ޖުމްހޫރީ ޕާޓީން އެޕާޓީގެ މެންބަރުންގެ ޢަދަދު އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން އެޕާޓީ އާއި ރޭ ގުޅިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ވީނިޔުސްގެ ޚަބަރު:

ގިނަ އަދަދެއްގެ ޒުވާނުން ރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިއްޖެއެވެ

އެ ޒުވާނުން ޖޭޕީއާ ގުޅުނީ، އެކަމަށްޓަކައި ރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ ކުނޫޒުގައި ބޭއްވި ހަފުލާއެއްގައެވެ. އެ ފޯމުތަކާ ޖޭޕީގެ ފަރާތުން ހަވާލުވެފައި ވަނީ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދުއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ޖޭޕީއަކީ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އަދި ޒުވާނުންނާއި ދުވަސްވީ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ޒުވާނުންގެ އިހުސާސްތައް ދަންނަ ޒުވާނުން ބިނާކުރުމުގައި އެފަދަ ދެވަނައެއް ރާއްޖޭގައި ނުވާ ލީޑަރު ކަމަށް ސައުދި ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެކިދާއިރާތަކުން ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ޒުވާނުން ބާރުވެރިކޮށް އެމީހުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވާ މުޖުތަމައުއަށް ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން، ޒުވާން ޑޮކްޓަރުންނާއި ޕައިލެޓުންނާއި ބިޒްނަސްމަނުން ގާސިމްގެ އަމިއްލަ މާމިއްޔަތުން ޚަރަދަުކުރައްވައިގެން އުފެއްދެވި ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެއިތުރުން، ޖޭޕީއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަހި ފުރުސަތުތަކާއެކު ހުޅުވިފައިވާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖޭޕީން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ ޒުވާން އަންހެނުންނާއި ފިރިހެނުން ޖޭޕީއަށް ގުޅޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

ރޭ ސޮއިކުރި ޒުވާނުންގެ އިތުރުން ޖޭޕީއަށް އަލަށް ގުޅިފައިވާ ގިނަ އަދަދެއްގެ މީހުންގެ މެމްބަރޝިޕް ފޯމް ކުނޫޒުގައި ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.

 

 

 

މިއަދު އޮންލައިން