"ތައްޔާރު"ގެ ނަމުގައި ޖޭޕީ އިން ހާއްސަ ޖަލްސާއެއް މާދަމާރޭ ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
"ތައްޔާރު"ގެ ނަމުގައި ޖޭޕީ އިން ހާއްސަ ޖަލްސާއެއް މާދަމާރޭ ބާއްވަނީ!

"ތައްޔާރު"ގެ ނަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހާއްސަ ޖަލްސާއެއް މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން ޖޭޕީ އިން ބުނެފައިވަނީ "ތައްޔާރު" މި ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ރޭ ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި ކަމަށާއި މި ޖަލްސާއަށް ޖޭޕީގެ މެމްބަރުންނާއި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައި ކަމަށެވެ.

މި ޖަލްސާގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގައި މާމިނގިލި ދާއިރާ ތަމްސީލްކުރައްވާ މެމްބަރު ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖޭޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަ ކުރާނެކަން އިޢުލާންކޮށްފައެވެ.

މިއަދު އޮންލައިން