މިސްކިތުން ވަގަށްނެގި ތިންހާސް ފަސްސަތޭކަ ރުފިޔާގެ ކާޕެޓް މެންބަރެއްގެ ސަފާރީއަކަށް ސަތޭކަ ރުފިޔާއަށް؟ ތަޙްޤީޤް ކުރިއަށްދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިސްކިތުން ވަގަށްނެގި ތިންހާސް ފަސްސަތޭކަ ރުފިޔާގެ ކާޕެޓް މެންބަރެއްގެ ސަފާރީއަކަށް ސަތޭކަ ރުފިޔާއަށް؟ ތަޙްޤީޤް ކުރިއަށްދަނީ!

ފުލުހުންގެ ޗީފް ސްޕޯކްސްޕަރސަނަށް!

1 މީގެ 2،3 ރޭ ކުރިން މަސްޖިދު ޔޫސުފުލްނަރުބަރީން ވަގަށް ނެގި 3500 ރުފިޔާގެ އަގުހުރި ފައިފުހި ވަގަށް ނެގި މީހާ އެނގޭކަމަށްބުނާއިރު އޭނާގެ ތަޙްޤީޤް ފަށައިފިތޯ؟ ބަންދުގެ މުއްދަތު ޖަހަން ގެންދިއަތޯ؟ 

2 ފައިފުހި 100 ރުފިޔާއަށް ގަތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ސަފާރީން އެކަންކުރިމީހާ ފުލުހަށް ގެންދެވުނުކަމަށް މައުލޫމާތު ލިބިފައިވާއިރު އޭނާގެ ބަންދަށް މުއްދަތުޖަހަން ގެންދިއަތޯ؟ ނުގެންދާނަމަ އެގޮތަށް ނުއަގުގަ ތަކެތިގަތުން މިހާރު ހުއްދަ ކަމަކަށްވަނީތޯ؟ 

3 މައްސަލަ ބަލައިގަތްކަމުގެ ލިޔުން މައްސަލަ ހުށަހެޅިފައިފަރާތަށް ދީފައިވޭތޯ؟ ނުދޭނަމަ އެއީ ކީއްވެގެންތޯ؟ 

މިސުވާލުތައް ކުރުމުން ފުލުހުން ދިން ޖަވާބު: 

މިމައްސަލަ ހުށަހެޅިފަރާތުން ބުނަނީ މިމައްސަލަ ބަލައިގަތްކަމުގެ ލިޔުމެއް ވެސް އަދި އަދި އެސްއެމްއެސްއެއް މިއަދު މެންދުރު 2 ޖެހުމާއި ހަމައަށް ލިބިފައިނުވާކަމަށެވެ. އަދި ފުލުހެއް ކަމަށްބުނާ މީހަކު މިސްކިތަށް ބޭނުންނުކުރެވޭގޮތަށް ބުރިބުރިކޮށްލާފައިވާ ކާޕެޓްބުރިތަކެއް ހިފައިގެން ގޮސް މިސްކިތް ސަރަހައްދުން އުޅެނިކޮށް ބައްދަލުވިކަމަށެވެ. 

ކާޕެޓް ފުލުހުން ހޯދާފައިވުމުން ވިއްކިމީހާ އާއި ނުއަގުގަ ގަތް މީހާ ފުލުހުންނަށް ދެނެގަނެވިފައިވާކަން މިވަނީ ޔަޤީންކުރެވިފައެވެ. މިސްކިތުން ފެށިގެން ޓީޖެޓީގައި އޮތް ސަފާރީއަކާއި ހަމައަށް ކާޕެޓް ގެންދެވުނު ގޮތް ސީސީޓީވީތަކުން ދެނެގަނެވުމުން ފުލުހުންނަށް މިހާރު ލިބިފައިވާ ޤާބިލުކަން އެނގިގެންދެއެވެ. 

މިސުވާލުތައް ކުރީ މިއަދު ހެނދުނު 7 ޖަހާއެހާކަންހާއިރުކަމަށްވެފައި އެހައި އަވަހަށް ޖަވާބުލިބުމުން އެކަމަށްޓަކައި މިއަދުނޫހުން ފުލުހުންގެ މީޑިއާއަށް ޝުކުރުއަދާކުރެއެވެ.  

ވަގަށްނެގީ ރަތްކުލައިގެ ކާޕެޓެކެވެ. ޚަބަރުގައި އެވާ ފޮޓޯއަކީ އެކާޕެޓް ވަގަށްނެގުމުން މިހާރުއަޅާފައިވާ ކާޕެޓެވެ.

މިއަދު އޮންލައިން