"ވާހަކަ ދައްކާއިރު ފައުޅުގައި މަކަރުހަދައި އޮޅުވައިލާ މީހަކު ދައްކާ ވާހަކަ ޤަބޫލުކުރާކަށް ނުވާނެ! އަދި އެފަދަ މީހަކު އަމުދުން ވެރިކަމަށް ގެނެސްގެން ނުވާނެ!
އަޅަމެންގެ ތެރެއަށް ފޭދިގެންފައިވާ ޚިޔާނާތްތެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި! އާމީން"
- އުސްތާޛް ނިހާދު
އުސްތާޛްގެ ވާހަކަފުޅުވެސް ދުޢާވެސް ވަރަށް ފުރިހަމައެވެ. ހަމައެކަނި ވެރިކަމަކަށް ނޫނެވެ! ޒިންމާދާރު އެއްވެސް މަޤާމަކަށް އެފަދަ އެއްވެސް މީހަކު ގެންނަން ހެޔޮނުވާނެއެވެ. ޚާއްޞަކޮށް އިސްލާމް ދީނާއިމެދު ފައުޅުކުރާ ކަންބޮޑުވުންތައް ދުވާލަކު ގޮތަކަށް ބަދަލުކުރާ މީހުންނާއި ކަންކަން އިޞްލާޙްކުރަން ފުރުޞަތު ލިބުމުން އެކަން ނުކުރާ މީހުންނާއި އިސްލާމް ދީނަށް ނިކަމެތިކަންދޭން މަސައްކަތްކުރާ މީހުންނާއިމެދު ވަކިން ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
https://twitter.com/niddeymv/status/1559102774851252224?ref_src=twsrc%5Etfw