ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް އަންނަ ފެބްރުވަރީގަ ހިންގަން ފަށަންޖެހޭނީ އިނގިރޭސިވިލާތުގައި ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާން ފަށްޓަވައިފިއެވެ.
އެބޭފުޅުން އެގޮތަށް ވިދާޅުވާން ފެށްޓެވީ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައީސް ނަޝީދު އެމްޑީޕީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެހުށަހެޅުން އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުންނެވެ.
އެމްޑީޕީގެ ޗެއާ ޕާސަން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި ރައީސް ނަޝީދުގެ ފަޅި ބޮޑުތަނުން ބަލިވެފައި އޮތުމުން ރައީސުލްޖުމްހޫރިއްޔާ އާއި ވާދަކުރައްވައި ރައީސް ނަޝީދަށް ކުރި ނުހޯއްދެވޭނެކަން މިހާރުވަނީ ޔަޤީންކުރެވިފައިކަމަށްވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެހެން ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ބޭނުންފުޅުވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ނަޝީދުކަން ފާހަގަކުރެވެއެވެ.