ލިވާޠު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންކަމަށް ބުނެ ފަތުރަނީ ބޮޑު ދޮގެއް! ބޮޑު ފިތުނައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލިވާޠު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންކަމަށް ބުނެ ފަތުރަނީ ބޮޑު ދޮގެއް! ބޮޑު ފިތުނައެއް!

ލިވާޠު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންކަމަށް ބުނެ ފަތުރަނީ ބޮޑު ދޮގެއްއަދި ބޮޑު ފިތުނައެއްކަން ޝައިޚް މޫސާ އަންވަރު ޙަސަން ބަޔާންކުރައްވައިފިއެވެ. 

"ލިވާޠު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫންނަމަ ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ ސުންނަތުގެ ޞަރީޙަ ނައްޞުން އެކަން ކުރާ ދެ މީހުންނަށް ބޮޑުވެގެންވާ ޢަޒާބު ހުރިކަން ބަޔާން ނުކުރެއްވީއެވެ. 

ނުވަތަ އެކަން ކުރަމުން ދިޔަ ޤައުމުގެ މައްޗަށް ހަތްރެއާއި، އަށްދުވާ ވަންދެން ވިދިވިދިގެން ގަދަފަދަ ފިނިވައެއް ފޮނުއްވައި، އެއުރެން ހަލާކު ނުކުރެއްވީހެވެ. 

އަދި އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލައްވައި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިގެ ވާރޭ އެއުރެންގެ މައްޗަށް ނުވެއްސެވީހެވެ."

- ޝައިޚް މޫސާ އަންވަރު ޙަސަން 

އަދި ކީއްހެއްޔެވެ؟ މިއަދާއި ހަމައަށްވެސް އެ ޤައުމު އޮތް ސަރަހައްދުގައި އުފެދުނު ކަނޑު "ޑެޑްސީ" ގައި އެއްވެސް ދިރުމެއް ނެތްކަން އެއީ ލިވާޠުކުރުމުގެ ހުރި ނުބައިކަމާއި ގެއްލުން އަންގައިދޭ ހެއްކަކަށް ނުފުދޭ މީހަކަށް ވިސްނޭނެ އެއްވެސް ހެޔޮ ވިސްނުމެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު އޮންލައިން