ޖޭޕީގެ ސްލޮޓުން ހެލްތް މިނިސްޓްރީ ނަގައި ކުރި ހުރިހާ ކަމަކުން ފޭލްވެ ސަރުކާރުން ދީފައި އޮތް ގޯތިވިއްކަންޖެހުނު ބޭބޭފުޅާ ޙަވާލުކުރަން ކުޅުނު ޑްރާމާގެ ނިމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 18ސ
ޖޭޕީގެ ސްލޮޓުން ހެލްތް މިނިސްޓްރީ ނަގައި ކުރި ހުރިހާ ކަމަކުން ފޭލްވެ ސަރުކާރުން ދީފައި އޮތް ގޯތިވިއްކަންޖެހުނު ބޭބޭފުޅާ ޙަވާލުކުރަން ކުޅުނު ޑްރާމާގެ ނިމުން-

ޖޭޕީގެ ސްލޮޓުން ހެލްތް މިނިސްޓްރީ ނަގައި ކުރި ހުރިހާ ކަމަކުން ފޭލްވެ ސަރުކާރުން ދީފައި އޮތް ގޯތިވިއްކަންޖެހުނު ބޭބޭފުޅާ ޙަވާލުކުރަން ކުޅުނު ޑްރާމާގެ ނިމުން މިފެންނަނީ އޮންބެޑް ޕާސަނަކަށް ހުށަނާޅައި ނިމޭކަހަލަ ގޮތަކަށް ނޫނެވެ! 

ޚަބަރު ވީނިޔުސް އިން:

ވެންޓިލޭޓަރު މައްސަލަ: އަމީންގެ މައްސަލަ ފައިލްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ، އެންޓި ކޮރަޕޝަން ކޮމިޝަން (އޭސީސީ) އިން އެމައްސަލަ ތަހުގީގު ކުރުމަށްފަހު، އެމައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފިއެވެ.

މިމައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެމިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މައްސަލަ ސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ދެފަހަރުމަތީން މައްސަލާގައި ދައުވާކުރަން ދެކޮޅު ހައްދަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ ފައިލްކޮށްފައިވަނީ، އޭސީސީން މި މައްސަލަ ތަހުގީގުކޮށް، ޕީޖީއަށް ގޮތެއް ނިންމަން ފޮނުވުމުން ތިން ވަނަ ފަހަރަށް އަނބުރާ ފޮނުވާލުމުންކަމަށެވެ. އޭނަ ވިދާޅުވީ، މި މައްސަލަ ފައިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

އަމީންގެ އިތުރުން މި މައްސަލާގައި ހިމެނޭ އިތުރު 8 މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާކަމަށާއި، މައްސަލާގައި ހިމެނޭ އިތުރު 3 މީހެއްގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.

އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.

ވެންޓިލޭޓަރުގެ ވައްކަމަކީ އާދަމުގެ ދަރީންގެ ތެރޭގައި ހިނގި އެންމެ މޮޅު ވައްކަން: ޑރ. ޝަހީމް

ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލައަކީ އާދަމުގެ ދަރީންގެ ތެރޭގައި ހިނގި އެންމެ މޮޅު ވައްކަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އެންޓި ކޮރަޕޝަން ކޮމިޝަން (އޭސީސީ) އިން އެމައްސަލަ ތަހުގީގު ކުރުމަށްފަހު، އެމައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިތުރު ބައެއްގެ މައްސަލަ އެކޮމިޝަނުން ފައިލް ކުރުމާއި ގުޅިގެންނެވެ.

މިމައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެމިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މައްސަލަ ސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ދެފަހަރުމަތީން މައްސަލާގައި ދައުވާކުރަން ދެކޮޅު ހައްދަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވުމުންވެސް އެއޮފީހުން ވަނީ ތިން ފަހަރު މަތީން މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ތާރީޚަށް ބަލާއިރު ރާއްޖޭގެ ވެންޓިލޭޓަރުތަކުގެ ވައްކަމަކީ އާދަމުގެ ދަރީންގެ ތެރޭގައި ހިނގި އެންމެ މޮޅު ވައްކަން ކަމަށެވެ. ލާރި އަށް ވީގޮތެއް، ޓްރާންސްފަރ ވީ ތަނެއް ނޭންގޭ ކަމަށާއި، ވެންޓިލޭޓަރުތަކަށް ވީ ގޮތެއް، އަދި ވައްކަން ކުރި މީހެއް ނޭނގޭ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި، މިއީ ދައުވާކުރާނެ މީހެއް، ކުރެވޭ މީހެއްވެސް ނޭނގޭ ވައްކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.

އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.

އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.

މިއަދު އޮންލައިން