ޢަލީ ޞޯލިޙަށް ޙަމަލާދިން ވީޑިއޯ ޢާންމުވެއްޖެ!: ސީރިޔަސް މައްސަލައަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޢަލީ ޞޯލިޙަށް ޙަމަލާދިން ވީޑިއޯ ޢާންމުވެއްޖެ!: ސީރިޔަސް މައްސަލައަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމަތޯ؟

ފާއިތުވި 24 ގަޑިއިރަށް ބެލިނަމަވެސް މުޖުތަމައުގެ މިއަދުގެ ޙާލަތު އަންގައިދޭ 2 ޙާދިސާވަނީ ހިނގާފައެވެ. ދަރަނި އަދާކުރަންބުނީމާ ސޭޓަށް ހަމަލާ ދިނުމާއި ޢަލީ ޞާލިޙްގެ ގައިގައި ކަޓަރު އެޅުމެވެ. 

މިޙާލަތަށް ޤައުމުގެ ކަންކަން ދިއުމުންވެސް ސީރިޔަސް ކަމެއް އޮތް ކަމަކަށް ނުފެނެއެވެ. އެއީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސުލްޖުމްހޫރިއްޔާ ނުއަންގަވާތީކަމަށްވެދާނެއެވެ.  

އެމީހަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހަކުނަމަ އެމީހަކު ބެލެހެއްޓުމުގެ ޒިންމާ ޢާއިލާއިން ނުއުފުލައި މީހުންގެ ގައިގައި ކަޓަރު އަޅަން ދޫކޮށްފައި ތިބުމަކީ މައްސަލައަކަށް ނުވެއެވެ. އެފަދަ މީހުން ބަރަހަނާ ޙާލުގައި މަގުމަތީގައި އުޅެން ވީއްލިފައި ތިބުމަކީވެސް މައްސަލައަކަށް ނުވެއެވެ. 

މިފަދަ މީހުންގެ ކަންކަން ބަލަހައްޓަން ޙަވާލުވެފައިވާ އިދާރާތަކުގެ ޒިންމާއަކީ ކޮބައިކަމެއް ނުއެނގެއެވެ.  

މަގުމަތީގެ ރައްކައުތެރިކަމާއި އަދަބު އަޚްލާޤް ބެލެހެއްޓުމަކީ ހޯމް މިނިސްޓްރީގެ މަސްއޫލިއްޔަތެއް ނަމަވެސް އެކަންކަން ކަށަވަރުކުރަން އެމިނިސްޓްރީން ކުރަނީ ކޮންކަމެއްކަމެއް ނުއެނގެއެވެ.  

ހަރުކަށިފިކުރުގެ ވާހަކަ ދެއްކުމުން ހުރިހާ ކަމެއް ޙައްލުވޭތޯއެވެ؟ މިއަދު ހަމަލާދިން މީހާއަކީ އައިއެސްގެ ލޯގޯޖެހި ހެދުމަކާއި ކަޓަރެއްދީފައި އައިއެސްއިން ފޮނުވާފައި ހުރި މީހަކީތޯއެވެ؟  

މިފަދަ ވަރަށް ގިނަ ސުވާލުތަކަށް ރައްޔިތުންގެ ގިނަ ބައަކު ޖަވާބު ބޭނުންވެއެވެ. 

https://twitter.com/saeedBOKI/status/1561719215157280770?t=bcrYlJ0zz15cbD_I_ZJMow&s=19

މިއަދު އޮންލައިން