"ނަފްސާނީ ބަލިމީހަކީ، ވަޅި އަޅާ، ނުބައި އަވަގުރާނަގޮވާ، ދީނާ ގުޅުވައި ވިޔާނުދާ ބަސްބަސް ބޭރުކުރާ، އެހެން އެންމެންނަށް ހުރި މާސިންގާ ނުރައްކަލެއް ކަމުގައި ވަނީނަމަ އެފަދަ ނަފްސާނީ މީހުންވެސް ތިބެންޖެހޭނީ ބަންދެއްގައި! އެފަދަ ނުރައްކާތެރި މީހުން މުޖުތަމައަށް ދޫވެފައިހުރެވިގެން ނުވާނެ!"
- ޝައިޚް ޢަލީ ޒައިދު
ރާއްޖޭގައި ޚާއްޞަކޮށް މިސަރުކާރުގެ ވެރިކަމުގައި ފެންނަމުންދަނީ "ވަޅި އަޅާ، ނުބައި އަވަގުރާނަގޮވާ، ދީނާ ގުޅުވައި ވިޔާނުދާ ބަސްބަސް ބޭރުކުރާ، އެހެން އެންމެންނަށް ހުރި މާސިންގާ ނުރައްކަލެއް ކަމުގައިވާ މީހުން" މިނިވަންކަމާއިއެކު ދޫކޮށްލާފައި ބައިތިއްބައިގެން މިސްކިތްތަކަށް ޙާޖަތްކޮށް ޟުޞްހަފްތަކަށް ކުޑަކަމުގޮސް، މަގުމަތީގައި ބަރަހަނާ ޙާލުގައި އުޅެ އައިއެސްގެ ލޯގޯ ޖަހައިގެން ހުކުރު ދުވަހު މިންބަރަށް އެރުން، ކަޓަރުއެޅުން ފަދަ ކަންކަން ކުރަން މިނިވަންކަމާއިއެކު ދޫކޮށްލެވިފައި ތިބޭތަނެވެ. ފިޔަވަޅެއް އަޅަނީ ރައްޔިތުން ނުކުމެ ފަހަތުން ދުވަން ފެށުމުންނެވެ.
މިފަދަ މީސްމީހުން ސަރުކާރުން ނުބަލަހައްތާތަނުގައި މިފަދަ އެއްވެސް ކަމަކާއިގުޅިގެން އެމީހުންގެ ބެލެނިވެރިން ޒިންމާދާރުކުރުވަން ކުރި އެއްވެސް ކަމެއްވެސް އެނގޭކަށް ނެތެވެ!
ނަފްސާނީ ބަލިމީހަކީ، ވަޅި އަޅާ، ނުބައި އުގުރާނަގޮވާ، ދީނާ ގުޅުވައި ވިޔާނުދާ ބަސްބަސް ބޭރުކުރާ، އެހެން އެންމެންނަށް ހުރި މާސިންގާ ނުރައްކަލެއް ކަމުގައި ވަނީނަމަ އެފަދަ ނަފްސާނީ މީހުންވެސް ތިބެންޖެހޭނީ ބަންދެއްގައި! އެފަދަ ނުރައްކާތެރި މީހުން މުޖުތަމައަށް ދޫވެފައިހުރެވިގެން ނުވާނެ!
— Ali Zaid (@alizaid1000) August 22, 2022
Mujuthamau ge aman amaan kan nagaalaa meehun thiben vaany hayyaru gai! Nafsaanee bali meeheh kamah vanee nama ves efadha myhun hunnan vaany bandheh gai! Sababaky emyhehge gellumun mujuthamau salaamai kuran jeheythy! Mi fada kankan kuda kameh ge gothugai dhookonulahvaa! @PoliceMv
— Ali Zaid (@alizaid1000) August 22, 2022