އާސަހަރާގައި މައްޔިތުންގެ ޖަނާޒާ ބޭއްވޭ ވަގުތުތަކުގައި ލަވައާއި މިޔުޒިކާއި ކުޅިވަރަށް ސަޕޯޓްކުރަން ލަވާހަޅޭކާއި ފުންމާ ދުންމާރީގެ އަޑުން ގުގުމައިލުމަކީ ވަރަށް ޢާންމުކަމެކެވެ.
މިއަދަކީވެސް އެއިގެތެރެއިންވެސް އަރާހުރި ދުވަހެކެވެ. ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވި ޖަނާޒާ ފެށުނީންސުރެ ނިމެންދެން މުޅި ސަރަހައްދު ވަނީ މިޔުޒިކާއި ލަވައިގެ އަޑުން ގުގުމާލައިފައެވެ. ސުވާލަކީ އެއީ އެމިސްކިތުގެ ތާޅަފިލިންހެއްޔެވެ؟ ދުރުން އައި އަޑެއްނަމަ އައީ ކިހާ ދުރަކުންހެއްޔެވެ؟
ހަމަގައިމުވެސް އެއަޑުތައް މިސްކިތައް އަންނަނީ މިސްކިތުގެ ތާޅަފިއްޔަކުންނޫނެވެ. މައްޔިތުން ވޅުލެވޭ ވަގުތަކީ އެކަމުގައި ބައިވެރިވާ އެންމެންގެ ހިތްތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބޭ ވަގުތެކެވެ. ޚާއްޞަކޮށް ޢާއިލާގެ މީހުންނަށް ލިބޭނެ ހިތްދަތިކަން މާބޮޑުވާނެއެވެ.
ޝިރުކުކުރުން ހުއްޓުވައި މުންކަރާތްތައް މަނާކުރުމާ ދެކޮޅުކަމާ ޝައިޠޯނާއަށް ދުންމާރިފުމެދިނުމަށް ތާއީދުކުރާކަން ޢާންމުކޮށް އިއުލާނުކޮށްފައިވާ މިސަރުކާރުން މިސްކިތްތަކުގެ ތާޅަފިއްޔަށް ހިތުހުރި ގޮތެއް ހަދައި އަދި އޮޅުވާލަން ދޮގުބަޔާންތައް ނެރެމުން ގެންދާއިރު ޤައުމުގައި ކަންކަން މިހުރީ މިފަދަ ޙާލެއްގައެވެ. ވިސްނަން ބޭނުންމީހަކު ވިސްނަން ބޭނުންގޮތަކަށް ވިސްނާށެވެ!