ޢަލީރަމީޒް ލަވަކިޔުން ހުއްޓާލުމުން، އޭނާއަށް ނަޞޭޙަތް ދިނީ އަޅުގަނޑުގެ ބައްޕަކަމުގައި ހަދައި ބައްޕަ ޖަލުގައި ބޭއްވި!: ޝައިޚް ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢަލީރަމީޒް ލަވަކިޔުން ހުއްޓާލުމުން، އޭނާއަށް ނަޞޭޙަތް ދިނީ އަޅުގަނޑުގެ ބައްޕަކަމުގައި ހަދައި ބައްޕަ ޖަލުގައި ބޭއްވި!: ޝައިޚް ޢަބްދުﷲ

ތުނބުޅި ބަހައްޓާ ކޮންމެ ފިރިހެނަކާއި ބުރުގާއަޅާ ކޮންމެ އަންހެނަކީ ކުށްވެރިއެއް ކަމުގައި މަނިކުފާނު ވެރިކަމުގައި ހައްދަވައިގެން، ސަރުކާރުގެ ހުރިހާ ދިމާލަކުން ތުނބުޅިއާ، ބުރުގާ އާ ދެކޮޅަށް ހަނގުރާމަ ކުރެއްވީ ކީއްވެގެންތޯއެވެ؟ 

މިހުރިހާ ޖަރީމާތައް ހިންގާފައިވާމެ، ހިމޭނުން ހުންނަވާނަމަ، ދެންތިބީންނަށް ވެސް ހިމޭނުން ތިބުމުގެ ޖާގަ އޮތީސްއެވެ. ނަމަވެސް ޙަޤީޤަތް އެކީއެކައްޗަކަށް އޮޅުވާލައި، ފާޅުގައި ބުހުތާނު ފަތުރައްވަން ދޫކޮށްގެން ތިބުމަކީ މުޅި ތާރީޚަށް ކުރެވޭ ޚިޔާނާތަކަށް ވެދާނެތީ ކޮންމެވެސް މިންވަރެއް ހާމަނުކޮށް ވާކަށްނެތެވެ. 

ޢަލީރަމީޒް ލަވަކިޔުން ހުއްޓާލުމުން، އޭނާއަށް ނަޞޭޙަތް ދިނީ އަޅުގަނޑުގެ ބައްޕަކަމުގައި ހަދައި 2003 ގައި ބައްޕަ ޖަލުގައި ބޭއްވީ ކޮންކަމަކާތޯއެވެ؟ ބައްޕަ، ޢަލީ އާ އަލަށް ބައްދަލުވީވެސް އޭގެ ފަހުންނެވެ. 

1994ގައި، ޖަމާލުއްދީން ޕްރީސްކޫލް އަދި އިސްކަންދަރު ސްކޫލަށް ބުރުގާ އަޅައިގެން ދިއުމުން 2 އަންހެންކުދިން ސްކޫލުން ވަކިކޮށް ފޮނުވާލައިފައިވަނީ އެކުދީންގެ ކޮން ކުށަކުންތޯއެވެ؟

ސުންނަތަށް ތުނބުޅި ބަހައްޓާފައި ހުންނަ ކޮންމެ މީހަކު މަނިކުފާނުގެ ސަރުކާރުގައި ހިފާ ހައްޔަރުކުރުމަށް ސިޔާސަތު ގެންގުޅުއްވީ އެމީހުންގެ ކޮން ކުށަކުންތޯއެވެ؟ 

- ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް  

ލިޔުމުގެ އަޞްލު:

https://www.facebook.com/AbdullahBinJanaab/posts/pfbid02CLEWCcyzn116e8cinVtCFxm3bmRx1ZJHGKJ11fWeAaTVsRTDXEk5bsQ2PLkvKcoXl

 

 

 

 

މިއަދު އޮންލައިން