އެއްވެސް ޤައުމެއްގައި ގިނަ ޢަދަދަކަށް އެހެން ޤައުމުތަކުގެ މީހުން ދިރިއުޅޭނަމަ އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވާކަން އެއީ އެނގޭ ކަމެކެވެ. އެގޮތުން ބަންގްލަދޭޝްގެ މީޙުން ގިނަވުމުންވެސް ތަފާތު މައްސަލަތައް އުފެދުނެވެ. ނަމަވެސް އަދި މިހައިތަނަށް އެހެން ދީނެއް ފަތުރަން މަސައްކަތްކުރިކަމުގެ ޚަބަރު ފެތުރިފައެއް ނުވަތަ އެފަދަ ކަމެއް ކުރިކަމެއް އެނގޭކަށް ނެތެވެ. އެއިގެ ބަދަލުގައި މިސްކިތްތަކުގައި ނަމާދުކުރާ މީހުންގެ ދެބައިކުޅައެއްބައަކީ ބަންގްލަދޭޝްގެ މީހުންކަން އޮތީ އެނގޭށެވެ.
ނަމަވެސް އިންޑިއާގެ ދީންތަކުގެ މީހުން ގިނަވުމާއިއެކު މިވަނީ އެމީހުންގެ ދީންތައް ރާއްޖޭގައި ފަތުރަން މަސައްކަތްކުރުމުގެ މައްސަލަތައް އިތުރުވެފައެވެ. ދަނީވެސް އިތުރުވަމުންނެވެ. ﷲ ތަޢާލާއަސާއި ރަސޫލް އަށް ފުރައްސާރަކުރުމާއި އިސްލާމްދީނަކީ ބާޠިލްދީނެއްކަން ދަރިވަރުންނަށް ކިޔައިދީ އެކުދިންގެ ވިސްނުން ބަދަލުކުރުވަން މަސައްކަތްކުރުމާއި ޔަހޫދީންނަށް ފައުޅުގައި ތާއީދުކުރުމާއި ހުޅުމާލޭގައި ހިންދޫ ކަލާނގެއެއްގެ ބޮޑު ނަންބޯޑެއް ޖަހައިގެން ޙަރަކާތްތަކެއް ހިންގުމާއި މިފަދަ އެތައް މައްސަލަތަކެއްގެ އިތުރުން ރަށްރަށުގައި ހިންދޫ ކަލާނެގެތައް ހިފައިގެން ފައުޅުގައި ނުކުމެ މަގުތަކުގައި އަޅުކަންކުރުމުގެ މައްސަލަތައްވެސް ފެންމަތިވާން ފެށީއެވެ.
އިނގިރޭސިއަކުރުން ތިރީގައި އެވަނީ ފުލުހުންގެ ބަހެވެ.
Bileddhoo gai masakkaiykuraa bidheyseen thakeh emeehun alhukankurumah budheh hadhaigen ulhey kamuge mauloomaathu September 1 vana dhuvahu fuluhunnah libifaivey.
Massala'aa gulhigen Bidheysee 3 firihenun September 3 vana dhuvahu court amuregge dhashun vany hayyaru koffai. Ei 27 aharuge meehakaai 37 aharuge meehakaa adhi 39 aharuge meeheh. E'meehunge bandhah 10 dhuvas court in miadhu vany dheefai.
Mi massala fuluhun dhanee thahugeegu kuramun.
މައްސަލަބަލާކަމަށް ފުލުހުން ބުނުމަކީ 1 އިންސައްތައިގެ އުންމީދެކެވެ. ހުޅުމާލޭގައި ހިންދޫ ކަލާނގެއެއްގެ ނަންބޯޑު ޖަހައިގެން ހިންގި ކަންތައްތަކުގެ މައްސަލަ ބަލާކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ވީގޮތެއް ނުއެނގެއެވެ. ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ.
މިފަދަ ކަންކަން ކުރަނީ އެގޮތަށް ކުރަން ހިންދޫ މިޝަންތަކުން ފޮނުވާބައެއްކަން ބެލޭނެ ނިޒާމެއް ނެތެވެ. މިފަދަ ކަމެއް ކުރުމުން ހައްޔަރުކުރިނަމަވެސް ޖަލަށްލީނަމަވެސް ކުރުމުއްދަތެއްގެ ތެރޭގައި އެނބުރި ޤައުމަށް ދެވޭނެކަމުގެ ޔަޤީންކަން އެމީހުންނަށް އޮވެއެވެ. އެއީ މާޒީގައި އެކަން އެގޮތަށް ކުރެވެމުން އަންނާތީއެވެ.
ތިރީގައި އެވަނީ މީގެ 2 އަހަރުކުރިން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ޚަބަރެކެވެ. މިވާހަކަފުޅު ދެއްކެވީ 25 މާރިޗް 2020ގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޞަލީބީންނަށާއި ޕޯޗްގީޒުންނަށް ނިޞްބަތްކުރައްވާފައިވާ ވާހަކަފުޅުތައް މިއަދު މިފެންނަނީ އިންޑިއާގެ ދީންތަކަށާއި އިންޑިއާއަށް ނިޞްބަތްކުރަންޖެހިފައިވާ ތަނެވެ. ދޮން ފަރަންޖީންގެ ބަދަލުގައި ރާއްޖޭގައި ތިބިއިންޑިއާގެ ދީންތަކުގެ މީހުން ގެނެސްގެން ވިސްނައިލުމުން ރަނގަޅުވާނެއެވެ.
ޝައިޚް އިމްރާންގެ ބަސްފުޅު:
އިސްލާމް ދީނުގެ ޙައްޤުގަ ޢަލި ރަސްގެފާނު ކުރެއްވި ޖިހާދު ކުރަން ދިވެހި މުސްލިމުން ފަސްޖެހިއްޖެ ނަމަ ރާއްޖެއަށް ޞަލީބީން ވެރިވާނެ!
އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިއެވެ. ޝަހީދުވަސް އެބޭފުޅަކަށް ނިޞްބަތްވާ ޢަލިރަސްގެފާނު އެދުވަހު ކުރެއްވެވި ޖިހާދަކީ ޞަލީބީންނާއި ދެކޮޅަށް ކުރެއްވެވި ޖިހާދެއްކަމަށް ހޯމް މިނިސްޓަރު މިއަދު އެވަނީ އިޝާރާތުން ނަމަވެސް ހާމަކުރައްވައިފައެވެ.
ޕޯޗްގީޒުންނަށް ރާއްޖެ މުހިންމުވީ ރާއްޖޭގައި މާބޮޑު މުއްސަނދިކަމެއް އޮވެގެނެއް ނޫނެވެ. ހަމައެކަނި ބޭނުމަކަށް އޮތީ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމެވެ. އެކަން އެނގިގެންދަނީ އެމީހުން ރާއްޖެއަށްވެރިވެގަނެގެން ތިބި ދުވަސްވަރު ރާއްޖޭގެ ރައްޔިތުންގެ މުދާ ފޭރުމަށްވުރެ ދިވެހިން އިސްލާމް ދީނުން ބޭރުކުރަން ކުރި މަސައްކަތްތައް ގިނަވުމުންނެވެ. އެންމެ ފަހުން ދިވެހިންގެ ކަރަށް ގަދަކަމުން ނަމަވެސް ބަނގުރާ އަޅަން ނިންމި ނިންމުމެވެ.
އެކަމުގެ އަމުރު ނެރުނީ އަނދިރިއަނދިރިންގެ ކިއްލާއިންނެވެ. މީގެ ވަރަކަށް އަހަރުކުރިން ދިވެހިރާއްޖޭގެ ވެރިކަމުގެ ކިއްލާގެ ފަރުދާތައް ނެގި ދުވަހު ފެނިގެން ދިއައީ ވަކި އިތުރުކަމެއް ނޫނެވެ. ހަމަ އެކަން އެމޭރުމުން ކުރަމުން އައިސްފައިވާ ކަމެވެ. ތަފާތަކީ ޕޯޗްގީޒުން ތިބި ދުވަސްވަރު ބަނގުރާ ބޯނެ ބައަކު ރާއްޖޭގައި ނެތްކަމާއި ނަމަވެސް އެފަދަ ބައަކު ފަހުން ރާއްޖޭގައި އުފެއްދިފައި ތިބި ކަމެވެ. މިއީ އެއްވެސް މީހަކަށް ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކުހެން މިދަނީ އެކަމުގެ ހެކިތައް ފެންނަމުންނެވެ.
ޕޯޗުގީޒުންވެސް ކުރި މަސައްކަތަކީ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމުގެ މަސައްކަތެވެ. މިއަދު ރާއްޖޭގައި އެކަމަސް މަސައްކަތްކުރަމުންދަނީ ދޮން ފަރަންޖީން އެކަންޏެއް ނޫނެވެ. ސާފު ހުދު ލިބާހުގައި ސަރުކާރުގެ އިސްމަޤާމުތަކާއި ދައުލަތުގެ ބާރުތަކުގެ އިސްވެރިންގެ ގޮތުގައި ތިބި ދިވެހިންވެސް ކުރަމުން އެގެންދަނީ ހަމަ ޕޯޗްގީޒުން ކުރި މަސައްކަތްތަކެވެ.
އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ދޮން ފަރަންޖީންގެ ޖަމާޢަތްތަކުން ފައިސާގެ އެހީތެރިކަން ފައުޅުގައި ހޯދައިގެން ދިވެހިން އިސްލާމް ދީނުން ބޭރުކުރުވަން މަސައްކަތްކުރާ ބައަކު ތިބިކަން އެނގިތިބެމެ ޖަމިއްޔާ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގައި ފައިސާ ހޯދުމަށް ޤާނޫނު އަސާސީ މިއަދު މަގުފަހިކޮށްދީފައި އޮތް އޮތުމަކީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން އޮތް އެންމެ ބޮޑު ނުރައްކެލެވެ!
ފައުޅުގައި ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފަށް ވާހަކަތައް ދައްކަމުން ގެންދާއިރު ފިޔަވަޅެއް ނޭލެއެވެ. ޖުވާކުޅުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްދަކުރަން ފައުޅުގައި އެގެންދަނީ ވަކާލާތުކުރަމުންނެވެ. މަސްތުވާތަކެތި ހުއްޓުވަން ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުށްވެރިކޮށް ފުލުހުންނަށް އެގެންދަނީ ބިރުދައްކަމުންނެވެ. އިސްލާމް ދީން މަތިވެރިކޮށް ދިވެހިންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން ޒަމާނުންސުރެ ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތައް ހަމަ ޖިލީހުގައި އެގެންދަނީ ކުށްވެރިކުރަމުންނެވެ. މިސްކިތްތައް ޒީނަތްތެރިކުރުމާއި ރަމަޟާން މަހު އިމާމްވެ ވިތުރި އާއި ނަމާދުކުރާނެ ޙާފިޡުން ގެނައުމަކީ އިސްރާފެއް ކަމަށް ހަމަ އެމަޖިލީހުގައި އެގެންދަނީ ވަކާލާތުކުރަމުންނެވެ.
އިސްލާމް ދީނާއި ދެކޮޅަށް ރާއްޖޭގައި ފައުޅުގައި ޙަރަކާތްތެރިވާ މީހުންނާއިމެދު އަމަލުކުރަން ﷲ އަނގްވާފައިވާ ގޮތަށް ޢަމަލުކުރަން ދައުލަތް ވަނީ ނުކުލެދިފައެވެ. ވާގިނެތި ޕރެލައިޒްވެފައެވެ.
ވީމާ ފެންނަމުން މިދާ ކަންކަމުން އެނގެނީ ޢަލިރަސްގެފާނު ދީނާއި ޤައުމަސްޓަކައި އެދުވަހު ކުރެއްވެވި ހަނގުރާމަ މިއަދުވެސް ކުރަން ޖެހިފައިވާ ކަމެވެ. އެހަނގުރާމައިގައި ކޮންމެ ދިވެހި މުސްލިމަކުވެސް ބައިވެރިވެ ފަހުނޭވައާއި ހަމައަށް ޖިހާދުކުރަން ޖެހިފައިވާ ކަމެވެ.