ރަށްރަށުގެ މީހުން މާލެއަންނާތީ ކުރަމުންގެންދާ ފުރައްސާރައަށް ޑރ. ޝަޙީމްގެ ރައްދު: މާލެއައީ ރަށުގަ ހުރެގެން ކިޔެވޭނެ ގޮތެއް ނެތިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ރަށްރަށުގެ މީހުން މާލެއަންނާތީ ކުރަމުންގެންދާ ފުރައްސާރައަށް ޑރ. ޝަޙީމްގެ ރައްދު: މާލެއައީ ރަށުގަ ހުރެގެން ކިޔެވޭނެ ގޮތެއް ނެތިގެން!

"އަޅުގަނޑުމެން މާލެ އައީ ރަށުގައި (ތިބެގެން) ތަޢްލީމް (ލިބޭނެ ގޮތެއް) ނެތިގެން. މާލެ އައިސް ދިރިއުޅުނީ މާލޭ ގެއެއްގެ 10 ފޫޓޫ، 10 ފޫޓު ކޮޓަރިއެއްގަ. އެކޮޓަރީގަ 11 މީހުން އުޅޭ. ނިދީ ތަޅުންގަނޑުގަ ކުނާ އަޅައިގެން. ބައެއް ރޭރޭ (ބޯއަޅާނެ) ބާލީހެއް ނުލިބޭ. ބޮޑުބޭބެގެ އަތްމަތީގަ (ބޯއަޅައިގެން) ނިދިރޭވެސް ހުންނާނެ. ސާފުވެއްޖެތޯ؟" 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ "މާލެ ބަދަލުވަނީ ރަށުގައި މުނިފޫހިފިލުވާނެ ގޮތެއް ނެތިގެން" ކަމަށް ރައީސް ނަޝީދާއި ޙަވާލާދީ މީޑިއާތަކުގައި ޢާންމުވި ޚަބަރަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

https://twitter.com/Mohamedshaheem1/status/1567039411019481088?ref_src=twsrc%5Etfw

މިއަދު އޮންލައިން