އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިއަ އިންޑިއާ މީހާގެ މާދަރީބަސް އެނގޭ ތަރުޖަމާނަކު ފުލުހުންނަށް ލިބުނު ކަމަކަށް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިއަ އިންޑިއާ މީހާގެ މާދަރީބަސް އެނގޭ ތަރުޖަމާނަކު ފުލުހުންނަށް ލިބުނު ކަމަކަށް ނުވި!

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިއަ އިންޑިއާ މީހާގެ މާދަރީބަސް އެނގޭ ތަރުޖަމާނަކު ފުލުހުންނަށް ލިބުނު ކަމަށް ނުވުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ އެންމެ 24 ގަޑިއިރެވެ. 

އިންޑިއާ އިން ރާއްޖެ އައިސް ތިބި މީހުން މީހުން ދިރިއުޅޭ ރަށްރަށުގައި މަގުތަކަށް ބުދު ހިފައިގެން ނުކުމެ ފައުޅުގައި އަޅުކަންކުރުމާއި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިސްލާމް ދީނަކީ ކަމުދާ ދީނެއް ނޫންކަމަށް ދަރިވަރުންނަށް ކިޔަވައިދިނުމާއި އެމީހުންގެ ކަލާނގެ ތަކުގެ ނަންބޯޑު ފައުޅުގައި ޖަހައިގެން އުޅުމާއި މިފަދަ އެތައް މައްސަލަތައް ދަނީ މެދުކެނޑުމެއް ނެތި ކުރިމަތިވަމުންނެވެ. 

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިއަ މައްސަލައިގެ ސުވާލު ފުލުހުންނާއި މިއަދު ކުރެވުނެވެ. ނަމަވެސް މިރޭ ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބުނުދޭތީ މިއަދުނޫހަށް ވަނީ އިތުރު މައުލޫމާތު ލިބޭނެ ގޮތް ނުވެފައެވެ. 

ޚަބަރު ވީނިޔުސްއިން: 

މާލޭގައި ހުންނަ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގެ ހަރިއްމަ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އެއް ދުވަސް ނުވަތަ 24 ގަޑިއިރުގެ މުއްދަތެއް ޖަހައިފިއެވެ.

އިއްޔެ ފެންމަތިވި އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް މީހަކު ބޮޑު ކަމުދިޔަ މައްސަލާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، އެ މައްސަލާގައި އިންޑިއާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ އެއް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރިއިރުވެސް، އޭނާގެ މާދަރީ ބަހުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ތަރުޖަމާނަކު ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެހެންވެ ތަރުޖަމާނަކު ނެތި ބަންދާއި މެދު ގޮތެއް ނިންމުމަކީ ތުހުމަތު ކުރެވޭ ފަރާތުގެ ކިބައިން ފާހަގަ ކުރަން ހުރިކަންކަން ފާހަގަ ކުރުމަށް ހުރަހެއް އޮތް ކަމަކަށް ވެދާނެތީ، މައްސަލައިގައި ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިފައިވާތީ، ކުރު މުއްދަތެއް ދިނުމަށްފަހު، މާދަމާ އަލުން ތަރުޖަމާނަކާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އަންގާފައިވާކަމަށް ކޯޓު އަމުުރުގައި ވެއެވެ.

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ކުޑަ ކަމުދިޔަ މައްސަލައެއްގައި މީގެ ކުރިން ދިވެއްސަކު ވެސް ހައްޔަރު ކުރިއެވެ. ނަފްސާނީ ބައްޔެއް ހުންނަ ކަމަށްބުނެ އެމީހާ ފަހުން ވަނީ ދޫކޮށްލައިފައެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި، މިސްކިތުގެ ހުރުމަތް ކެނޑޭނޭހެން އަޑުގަދަކުރި މީހަކުވެސް މީގެކުރިން ވަނީ ހައްޔަރުކޮށް، އެމީހާގެ ނަފްސާނީ ބަލިމަޑުކަމެއް ހުންނަކަމަށްބުނެ ދޫކޮށްލާފައެވެ.

މިސްކިތްތަކަށް ކުޑަ ކަމުދިޔުމާއި, ބޮޑު ކަމުދިޔުން ފަދަ މިސްކިތުގެ ހުރުމަތް ކެނޑޭ އަމަލުތައް ހިންގާ މައްސަލަތައް މިހާރަކަށް އައިސް ފެންމަތިވަމުން އަންނަ އިރު އެފަދަ ފަރާތްތަކަށް އެދެވޭ ފިޔަވަޅުތައް ނޭޅޭމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

މިފަދަ އަމަލު ހިންގާ މީހުންނަކީ ނަފްސާނީ ބަލި މީހުން ކަމަށް ބުނެ އެ ފަރާތްތައް މުޖުތަމައުއަށް ދޫކުރުމުން އެ އަމަލު ތަކުރާރުކޮށް ކުރާކަންވެސް ފާހަގަކުރެވިފައިވެއެވެ.

އެގޮތުން އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހާ އޭގެ ފަހުން އެހެން މިސްކިތްތަކުގައި ވެސް މިފަދަ އަމަލުތައް ހިންގާފައިވާއިރު، ސަލްމާން މިސްކިތުގައި އަޑުގަދަކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ފަރާތުންވެސް މުޖުތަމައުގެ މިންގަނޑާ ހިލާފު އެތައް ކަމެއް ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން މި މީހާ ވަނި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްލޮނޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.

މިއަދު އޮންލައިން